Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ގްރެޖުއޭޓް ވެއްޖެ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ގްރެޖުއޭޓް ވެއްޖެ

އަހްމަދު އީޒާން
417 ދުވަސް ކުރިން - 20 އޭޕްރިލް 2025 12:12
މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގެ ގްރެޖުއޭޝަން / ފޮޓޯ: ޔޫތު މިނިސްޓްރީ
މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގެ ގްރެޖުއޭޝަން / ފޮޓޯ: ޔޫތު މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީން ބުނީ ދެވަނަ ބެޗުގައި ޖުމްލަ 32 ބައިވެރިން ގްރެޖުއޭޓުވި ކަމަށް.

ޔޫތު މިނިސްޓްރީން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު އިއްޔެ ގްރެޖުއޭޓު ވެއްޖެ އެވެ.

އެ ގްރެޖުއޭޝަން ހަފުލާ އިއްޔެ ބޭއްވީ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގަ އެވެ. އެ ހަފުލާގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.

މިނިސްޓްރީން ބުނީ ދެވަނަ ބެޗުގައި ޖުމްލަ 32 ބައިވެރިން ގްރެޖުއޭޓުވި ކަމަށެވެ.

Advertisement

Advertisement 1

އެ ބައިވެރިން ތަމްރީނުވި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފްރޮންޓް އޮފިސް، ހައުސްކީޕިން, ކޮމާޝަލް ކުކަރީ, ޕޭސްޓްރީ އެންޑް ބޭކަރީ, ލައިފް ގާޑިން, އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް އަދޮ ފުޑް އެންޑް ބެވަރޭޖް ސާވިސަސް އެވެ.

މި ޕްރޮގުރާމް ހިންގާފައި ވަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ވެސްޓިން މޯލްޑިވްސް ރިސޯޓުގަ އެވެ.

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗުގެ ބައިވެރިން ގްރެޖުއޭޓުވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެ ފަހަރު ގްރެޖުއޭޓުވި 43 ޒުވާނުންނަަށް ވަނީ ވަޒީފާ ޔަގީންވެފަ އެވެ.

ޔޫތު މިނިސްޓްރީން ބުނީ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ" މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހޯދައިދޭ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުންމަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖައްސައިދޭއިރު, ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބެ އެވެ.

މި ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭ ގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާޑްތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށް ފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުން ވެސް ހިމެނެ އެވެ.

މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ވަޒީފާތައް އަދާކުރުމަށް އިތުބާރާ އެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާ އެކު ދިރިއުޅެވޭނެ މަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގުރާމުގެ މަގްސަދެކެވެ," މިނިސްޓްރީން ބުންޏެވެ.

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން ތަމްރީނުތައް ކުރިޔަށް ގެންދާނީ މައިގަނޑު ހަދާއިރާއަކަށް ހާއްސަކޮށްގެންނެވެ. އެއީ ޓޫރިޒަމްގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެވެ.

ޔޫތު މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

58 ދުވަސް ކުރިން - 19:51

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

58 ދުވަސް ކުރިން - 13:29

މަޖިލީހުން ޒުވާނުންނަށް ހާއްސަ ފުރުސަތުތަކެއް ދޭން ނިންމުމާ ގުޅިގެން އުފާފާޅުކުރުމަށް ބާބަކިއުއެއް ބާއްވަނީ

ޒުވާނުންނަށް މަޖިލީހުން ފުރުސަތުދޭން ނިންމުމުން ހާއްސަ ހަރަކާތެއް

77 ދުވަސް ކުރިން - 21:17

ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް ހާއްސަކޮށް ފޯރިގަދަ "ޔޫތު އޯޕަން ޑޭ" އެއް ބާއްވަނީ

ޔޫތު މިނިސްޓްރީއިން "ޔޫތު އޯޕަން ޑޭ" ބާއްވަނީ

135 ދުވަސް ކުރިން - 19:25

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18