މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ލޭބާ ފޯސްގެ ސާވޭއެއް ކުރަން ފަށައިފި

އަހްމަދު އީޒާން | 224 ދުވަސް ކުރިން - 20 އޭޕްރިލް 2025 11:40
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން މަސައްކަތުގައި / ފޮޓޯ: ޚުލާސާ
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން މަސައްކަތުގައި / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ސާވޭގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ލޭބާ ފޯސް ނުވަތަ މަސައްކަތްތެރިންނާ ގުޅޭ ސާވޭއެއް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނީ ލޭބާ ފޯސް ސާވޭގެ ފީލްޑް މަސައްކަތް މިއަދުން ފެށިގެން މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސާވޭގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ބުންޏެވެ.

އެމްބީއެސް އިން ބުނީ މި ސާވޭ ކުރިއަށް ގެންދާނީ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކުގައި ކަމަށެވެ.

އެ ބިއުރޯއިން ބުނި ގޮތުގައި, މި ސާވޭގެ ތެރެއިން ހޯދާނީ ތައުލީމާއި ހިޖުރަކުރުމާއި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލާއި މީހުންގެ އާންމު މައުލޫމާތާއި ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްސީލާއި ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ އިތުރުން އާމްދަނީ ލިބޭ މަސައްކަތް ހޯދައި އަދި ލިބިފައި ނުވާ އަބާދީގެ ތަފްސީލާއި ގުޅޭ މައުލޫމާތެވެ.

މި ސާވޭއަށް ހޮވޭ ގޭބިސީތަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ޒިޔާރަތްކޮށްފާނެ ކަމަށާއި މި މައުލޫމާތުތަކަކީ މުހިންމު ނިންމުމަށް ބޭނުންކުރެވޭނެ މައުލޫމާތު ކަމަށް ވުމާއެކު، މި ސާވޭއަށް ގޭބިސީތަކުން އެއްބާރުލުން ދިނުމަށް ވެސް އެމްބީއެސް އިން ވަނީ އެދިފަ އެވެ.

އެމްބީއެސް އިން ބުނީ ލޭބާ ފޯސް ސާވޭގެ މައިގަނޑު މަގުސަދަކީ އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި ލޭބާ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި އަލަށް ވަޒީފާ އުފެދޭ ވަރު ދެނެގަތުމުގެ އިތުރުން އެމްޕްލޯއިމަންޓާއި އަންއެމްޕްލޯއިމަންޓް ރޭޓް ދެނެގަތުމެވެ.

ހިޖުރަކުރުމުގެ ރޭޓު ހޯދައި އާބާދީގެ ޕްރޮޖެކްޝަންސްތައް އަދާހަމަކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި "ޑީސެންޓް ޖޮބްސް އިންޑިކޭޓާ" އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުން އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަކީ ވެސް މި ސާވޭގެ މަގުސަދެއް ކަމަށް އެ ބިއުރޯއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%