Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި

ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި

އަހްމަދު އީޒާން
543 ދުވަސް ކުރިން - 15 ޑިސެންބަރު 2024 14:10
އެމްބީއެސް އިން މީގެ ކުރިން ސާވޭއަކަށް މަޢުލޫމާތު އެއްކުރަނީ. / ފޮޓޯ: އެމްބީއެސް
އެމްބީއެސް އިން މީގެ ކުރިން ސާވޭއަކަށް މަޢުލޫމާތު އެއްކުރަނީ. / ފޮޓޯ: އެމްބީއެސް
ޚުލާސާ

އެމްބީއެސްގެ ސާކިއުލާއެއްގައި ބުނީ "ލޭބާ ފޯސް ސާވޭ 2024"ގެ ނަމުގައި ކުރިއަށް ގެންދާ މި ސާވޭއަށް ބޭނުންވާ މަޢުލޫމާތު ނެގުން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް.

ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިއަދު ފަށައިފިއެވެ.

އެމްބީއެސްގެ ސާކިއުލާއެއްގައި ބުނީ "ލޭބާ ފޯސް ސާވޭ 2024"ގެ ނަމުގައި ކުރިއަށް ގެންދާ މި ސާވޭއަށް ބޭނުންވާ މަޢުލޫމާތު ނެގުން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ސާވޭ ކުރިއަށް ގެންދާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މި ސާވޭއަށް ސާމްޕަލްތައް ނަގާނީ ރޭންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކަށް ގޮސްގެން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement

Advertisement 1

އެމްބީއެސް އިން ވަނީ މި ސާވޭއަށް ގޭބިސީތަކުން އެއްބާރުލުން ދިނުމަށް އެދިފައެވެ.

މި ސާވޭގެ މަޤުޞަދުތަކީ އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި ލޭބާ ފޯސް ޕާޓިސިޕޭޝަން ރޫޓް ދެނެގަތުމާއި އަލަށް ވަޒީފާ އުފެދޭ ވަރު ދެނެގަތުމާއި އެމްޕްލޯއިމަންޓް އަދި އަންއެމްޕްލޯއިމަންޓް ރޭޓް ދެނެގަތުމެވެ. އަދި ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި ޑީސެންޓް ޖޮބްސް އިންޑިކޭޓާ އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާވަރު ދެނެގަތުމަކީ ވެސް މި ސާވޭގެ މަޤުޞަދެކެވެ.

އެމްބީއެސް އިން ބުނީ މި ސާވޭގެ ބޭނުމަށް އެއްކުރާނީ މީހުންގެ ތަޢުލީމީ ފެންވަރާއި އާމްދަނީގެ ތަފުސީލާއި ހިޖުރަކުރުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ހޭދަކުރާ ވަގުތާއި މީހުންގެ އާންމު މައުލޫމާތާއި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީ އަދި ހިލޭސާބަހަށް މަސައްކަތްކުރާ އާބާދީއާ ގުޅޭ މަޢުލޫމާތު ކަމަށެވެ.

"މިއީ ގޭބީސީގެ މެންބަރުންގެ އަގުހުރި ވަގުތާއި އެއްބާރުލުން ނިހާޔަތައް ބޭނުންވާ ސާވޭއެއް ކަމުން މި މުހިންމު ޤައުމީ މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށް ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސްހިސާބު ނިޒާމް ހަރުދަނާކުރުމަށް ވެވޭ ނުހަނު އަގުހުރި ޤައުމީ ޚިދުމަތެއްކަން ފާހަގަކޮށް، މި ފުރުޞަތުގައި ތިޔަ ގޭބިސީގެ އެންމެހާ ފަރުދުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." އެމްބީއެސް ސާކިއުލާގައި ބުންޏެވެ.

ސާވޭމޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަރޫރީ މުދަލުގެ އަގުތައް އޮކްޓޯބަރު މަހު ދަށަށް

ޒަރޫރީ މުދަލުގެ އަގުތައް އޮކްޓޯބަރު މަހު ދަށަށް

202 ދުވަސް ކުރިން - 20:58

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ލޭބާ ފޯސްގެ ސާވޭއެއް ކުރަން ފަށައިފި

މާލެ ސަރަހައްދުގެ ލޭބާ ފޯސްގެ ސާވޭއެއް ކުރަނީ

417 ދުވަސް ކުރިން - 11:40

ބޭރުފައިސާގެ ޤަވާޢިދަށް ޢަމަލުކުރަން ދެކޮޅުހަދަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް - ޚުލާސާ ސާވޭ

ޤަވާޢިދަށް ދެކޮޅުހަދަނީ ކަޅުބާޒާރުގައި އުޅޭ ފަރާތްތަކުން - ސާވޭ

572 ދުވަސް ކުރިން - 12:15

ވަޒީފާގެ ބާޒާރާއި ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ވަޒީފާގެ ބާޒާރާއި ގުޅޭ ޤައުމީ ދިރާސާ ފަށައިފި

590 ދުވަސް ކުރިން - 13:43

ސާވޭއިން ދައްކާ ގޮތުގައި ވޭޕް މަނާކުރުމަށް ފުޅާދާއިރާއެއްގައި ތާއީދު ލިބޭ

ރައްޔިތުން ވޭޕާއި ދެކޮޅު - ޚުލާސާ ސާވޭ

603 ދުވަސް ކުރިން - 09:34