ބޭރުފައިސާގެ ޤަވާޢިދަށް ޢަމަލުކުރަން ދެކޮޅުހަދަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް - ޚުލާސާ ސާވޭ

ހުސައިން އިސްމާއިލް | 379 ދުވަސް ކުރިން - 16 ނޮވެންބަރު 2024 12:15
ގިނަ ފަރާތްތަކުން ބުނަމުން ދަނީ ރިސޯޓުތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް އެމްއެމްއޭގައި މާރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅަކީ ރަނގަޅު ނިންމުމެއް ކަމަށް - ޚުލާސާ ސާވޭ.
ގިނަ ފަރާތްތަކުން ބުނަމުން ދަނީ ރިސޯޓުތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް އެމްއެމްއޭގައި މާރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅަކީ ރަނގަޅު ނިންމުމެއް ކަމަށް - ޚުލާސާ ސާވޭ.
ޚުލާސާ

ޚުލާސާއިން އިއްޔެ ކުރި ސާވޭގައި ގިނަ ރައްޔިތުން ބުނެފައިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން އެކުލަވާލި ބޭރުފައިސާގެ ގަވާއިދަކީ ވަރަށް ރަނގަޅު ގަވާއިދެއް ކަމަށާއި، އެ ގަވާއިދަށް ރައްޔިތުން ތާއީދުކުރާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވައިލި ބޭރުފައިސާގެ ޤަވާޢިދަކީ ވަރަށް ރަނގަޅު ގަވާއިދެއް ކަމަށް ބުނެ ޢާންމު ރައްޔިތުންގެ ފުރިހަމަ ތާޢީދު އެ ޤަވާޢިދަށް އެބައޮތް ކަމަށް ޚުލާސާއިން ކުރި ސާވޭއިން ދައްކައިފިއެވެ.

?t=ugoikd2xc-KXpWMYDTwUog&s=19

ސާވޭގައި ބައިވެރިވި ގިނަ މީހުން ފާހަގަކޮށްފައިވަނީ މި ޤަވާޢިދަށް ޢަމަލުކުރަން ދެކޮޅު ހަދަނީ ހަމައެކަނި ޑޮލަރު ކަޅުބާޒާރުގައި ވިއްކާ މީހުން ކަމަށެވެ. އެއީ މި ޤަވާޢިދުގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރިއަށް ހުރަސްތަކެއް ކުރިމަތިވާނެތީ ކަމަށް ސާވޭގައި ބައިވެރިވި ފަރާތްތަކުން ދެކެއެވެ.

ޚުލާސާގެ ސާވޭގައި ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ މި ޤަވާޢިދަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ގެނެސްދޭނެ ޤަވާޢިދެއް ކަމަށެވެ. އަދި މި ޤަވާޢިދުހެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭންކުތަކުން ފަސޭހައިން ޑޮލަރު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެ ފަރާތްތަކުން އުންމީދުކުރެއެވެ.

ސާވޭގައި ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މި ޤަވާޢިދަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ރާއްޖޭގެ އިޤްތިޞާދަށް ވަންނާނެ މަގު ތަނަވަސްކޮށްދޭ، ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ޤަވާޢިދެކެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ވަރުގަދަވެ، ޢާންމު ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ސާވޭގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވަނީ މި ޤަވާޢިދަކީ ކުރީގެ ސަރުކާރުތަކުން ގެންނަން ޖެހިފައިވާ ބަދަލެއް ކަމަށާއި، ނަމަވެސް އެ ސަރުކާރުތަކުގެ އިހުމާލުން މި ބަދަލު ގެނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިފަދަ މުހިންމު ބަދަލެއް ގެނައުމަށްޓަކައި މިހާރުގެ ސަރުކާރަށް އެ ފަރާތްތަކުން ޝުކުރު އަދާކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%