ދިއްލީގެ އިރުމަތީ އުތުރު ސަރަޙައްދު މުސްތަފާބާދުގެ ޝަކްތި ވިހާރު ސަރަޙައްދުގައި ހުރި 4 ބުރީގެ އިމާރާތެއް އިއްޔެ ވެއްޓި، 11 މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.
މި ހާދިސާގައި އިމާރާތުގެ ދަށުވި 15 މީހުން ދިރިތިއްބާ ސަލާމަތްކޮށްފައި ކަމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް 12 ގަޑިއިރަށްވުރެ ގިނައިރު ކުރިއަށްދިޔަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މަރުވި 11 މީހުންގެ ތެރެއިން 8 މީހުންނަކީ އެއް ޢާާއިލާއެއްގެ މީހުން.
އިންޑިއާގެ ކަމާބެހޭ ފަރާތުން ބުނީ އެއިމާރާތަކީ ހުއްދަ ނެތި އަޅާފައިވާ އިމާރާތެއް ކަމަށެވެ.
މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ޗީފް މިނިސްޓަރ ރެކާ ގުޕްތާ ވިދާޅުވިއިރު ނަރެންދްރަ މޯދީގެ ސަރުކާރުން ބުނީ މަރުވި މީހުންގެ ޢާއިލާތަކަށް 2 ލައްކަ ރުޕީސް އެހީއެއް ދެއްވާނެ ކަމަށެވެ.









