Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބްރޭންޑް އެމްބެސެޑަރަކަށް ހިންދީ ފިލްމީ ތަރި އަނަންޔާ ޕާންޑޭ!

ބްރޭންޑް އެމްބެސެޑަރަކަށް ހިންދީ ފިލްމީ ތަރި އަނަންޔާ ޕާންޑޭ!

އައިޝަތު ރުވާ ރިފްޢަތު
440 ދުވަސް ކުރިން - 19 އޭޕްރިލް 2025 14:13
އަނަންޔާ ޕާންޑޭ
އަނަންޔާ ޕާންޑޭ
ޚުލާސާ

2030 އާ ހަމައަށް އިންޑިިންޑިއާގެ ލަގްޒަރީ މުދަލަށް ހޭދަކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭއިރު، އަނަންޔާއަކީ މިފަދަ ހެރިޓޭޖް ބްރޭންޑެއްގެ އެމްބެސެޑަރުކަން ހޯދި އިންޑިއާގެ ފުރަތަމަ ބަތަލާ.

އިންޑިއާގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރަކަށް، މަޝްހޫރު ހިންދީ ފިލްމީ ތަރި އަނަންޔާ ޕާންޑޭ ހަމަޖައްސައިފިއެވެ.

އުމުރުން 26 އަހަރުގެ އަނަންޔާއަކީ އިންޑިއާގެ ފިލްމީ އިންޑަސްޓްރީގައި ވަރަށް ވަރުގަދަ ބަތަލާއެކެވެ. އެކްޓަރު ޗަންކީ ޕާންޑޭ އާއި ރިއަލިޓީ ޓީވީ ޝަހުސިއްޔަތު ބަވާނާ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ވަނީ "ކޯލް މީ ބޭ" (2024)، "ހޯ ގަޔޭ ހަމް ކަހާން" (2023) އަދި "ގެހްރަޔާން" (2022) ފަދަ ފިލްމުތަކުން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ޕެރިހުގައި ފާއިތުވި ހަފުތާގައި ބޭއްވި ޗެނެލްގެ ސްޕްރިންގް/ސަމާ 2025 ޝޯގައި އަނަންޔާ ފެނިގެން ދިއުމާ ގުޅިގެން އިންޑަސްޓްރީގެ ތަޖުރިބާކާރުން ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކޮށްފައެވެ. ބީއޯއެފްގެ މުމްބާއީ ޑިނާ ފަދަ އިވެންޓްތަކުން ފެނުނު މި ބްރޭންޑުގައި އޭނާ ގިނައިން އުޅޭ އިރު، އޭނާގެ 25.9 މިލިއަން އިންސްޓަގްރާމް ފޮލޯވަރުންނަށް އާންމުކޮށް ބްރޭންޑްގެ ވާހަކަތައް ކިޔައިދިނުމާއި ވޯގް އިންޑިއާ އާއި ގްރާޒިއާ އިންޑިއާގެ ފަހުގެ ކަވަރުތަކަށް ބްރޭންޑްގައި ސްޓައިލް ކޮށްލުމުން، އެ ބްރޭންޑާއެކު އުފެދިފައިވާ ގުޅުމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.

Advertisement

Advertisement 1

ޗެނެލްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ރަވީ ތަކުރު ވިދާޅުވީ، "އަނަންޔާ ޕާންޑޭއަކީ އިންޑިއާގެ ޒުވާން ޖީލުގެ އައިކޮނިކް ޝަހުސިއްޔަތެކެވެ. އޭނާގެ ޓެލެންޓާއި ސްޓައިލް އަދި ގްލޯބަލް އެޕީލްއަކީ އަޅުގަނޑުމެންގެ ބްރޭންޑްގެ ވެލިއުތަކާަކާ ވަރަށް ބޮޑަށް ދިމާވާ ކަންކަމެވެ. އިންޑިއާގެ ލަގްޒަރީ މާކެޓުގައި އަޅުގަނޑުމެންގެ ހާޒިރީ އިތުރަށް ފުޅާކުރުމަށް އޭނާއާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަމެވެ."

2005 ވަނަ އަހަރު އެންމެ ފުރަތަމަ އިންޑިއާއަށް އެތެރެވި ލަގްޒަރީ ބްރޭންޑްތަކުގެ ތެެ ތެރޭގައި ޗެނެލް ހިމެނެއެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ ނިއު ދިއްލީގައި ފެޝަން ބުޓިކެއް، ނިއު ދިއްލީ، ނޯއިޑާ، ގުރުގުރާމް، މުމްބާއީ އަދި ބެންގަލޫރު ފަދަ ސިޓީތަކުގެ ހަތް ވަހާއި ބިއުޓީ ސްޓޯރާއި އެއާޕޯޓް ރީޓެއިލް ތިން ޓަޗްޕޮއިންޓް އަދި މިދިޔަ އަހަރު އީ-ކޮމާސް ތައާރަފްކޮށްފައެވެ.

އެގޮތުން، 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގައި ލަގްޒަރީ މުދަލަށް ކުރާ ހޭދަ ތިން ގުނަ އިތުރުވާނެ ކަމަށް ބެލެވޭއިރު، އަނަންޔާއަކީ މިފަދަ ހެރިޓޭޖް ބްރޭންޑަކާއެކު ޝަރަފުވެރި އެމްބެސެޑަޝިޕެއް ހޯދި އިންޑިއާގެ ފުރަތަމަ ބަތަލާއެވެ.

ބޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

1 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

46 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

67 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

75 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

82 ދުވަސް ކުރިން - 23:00

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

82 ދުވަސް ކުރިން - 17:08