ރަޝިޔާ ސަރުކާރުން އަފްޣާނިސްތާނުގެ ޠާލިބާނު ޖަމާޢަތް އެ ޤައުމުގެ ޓެރަރިސްޓު ޖަމާޢަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ.
ޠާލިބާނުންނަކީ އަމިއްލަ ދިފާޢުގައި އެތައް އަހަރެއް ވަންދެން ދުނިޔޭގެ ބާރުތަކާއި ދެކޮޅަށް ގިނިކަންޏާ ހަނގުރާމަކުރި ހިއްވަރުގަދަ، އިސްލާމީ ޝަރީޢާ ހިންގާ ބައެކެވެ.
ވޭތުވެ ދިޔަ 20 އަހަރު އަފްޣާނިސްތާނުގައި ހިންގި އަނިޔާވެރި ޢަމަލުތަކަށްފަހު، އެމެރިކާއަށް ޠާލިބާނުން ބަލިކުރެވޭގޮތް ވެސް ނުވިއެވެ. 2021 ގައި އެމެރިކާ އަފްޣާނިސްތާނުން ފޭބުމާއެކު، ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވެފައެވެ.
ނަމަވެސް، މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޠާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.
ހުޅަނގުން ޠާލިބާނުންގެ ސަރުކާރު ބަލައިނުގަތުމުގެ މައިގަނޑު ސަބަބަަކީ އިސްލާމީ ޝަރީޢާ ހިންގުމެވެ. އެކަމުގެ ސަބަބުން ހުޅަނގަށް އެންމެ ބޮޑު ޢާމްދަނީއެއްލިބޭ ބޭންކް އިންޓެރެސްޓް، ބަނގުރާ އަދި ޕްރޮސްޓިޓިއުޓް މަނާވެގެންދެއެވެ.









