Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަނުގެ ފުރުސަތެއް! ގުރުއާން މުބާރާތަށް މޮރޮކޯއަށް ދިޔުމަށް ސަރުކާރުން ފުރުސަތު ހުޅުވާލައިފި

ރަނުގެ ފުރުސަތެއް! ގުރުއާން މުބާރާތަށް މޮރޮކޯއަށް ދިޔުމަށް ސަރުކާރުން ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން
502 ދުވަސް ކުރިން - 16 އޭޕްރިލް 2025 16:52
މީގެ ކުރިން މުބާރާތަކުން ވަނައެއް ހޯދި ބައިވެރިޔަކާ މިނިސްޓަރު ބައްދަލުކުރައްވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މީގެ ކުރިން މުބާރާތަކުން ވަނައެއް ހޯދި ބައިވެރިޔަކާ މިނިސްޓަރު ބައްދަލުކުރައްވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އުމުރުން 10-40 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުޞަތު އެބައޮތް. ކޮންމެ ކެޓެގަރީއަކުން ބައިވެރިވެވޭނީ އެކަކަށް. ފުރުސަތަށް އެދި "info@nchq.gov.mv" އަށް މެއިލްކުރައްވާ.

މޮރޮކޯގައި ބާއްވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މޮރޮކޯގައި އަންނަ އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައި ވާތީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ މުބާރާތުގެ ދެ ކެޓެގަރީގައި ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުސަތު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

އެ މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުތުތަކަކީ، ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ މީހަކަށް ވުމާއި ދިވެއްސަކަށް ވުމާއި ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ މީހަކަށް ނުވުމެވެ.

ބައިވެރިވާ ދެ ކެޓަގަރީއަށް ހާއްސަ ޝަރުތުތަކެއް ވެސް ވެ އެވެ.

ފުރަތަމަ ކެޓަގަރީއަކީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާ އެކު ހިތުން ކިޔެވުމާ އެކު ޤުރްއާނުގެ ހަތްވަނަ ފޮތާއި އަށްވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައެވެ. އެ ކެޓެގަރީގައި ބައިވެރިވެވޭނީ ރަނގަޅަށް އަރަބި ބަހުން މުއާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ހުކުމްތަކާ އެކު ކިޔަވަން އެނގޭ މީހުންނަށް ވެސް ވާން ޖެހޭނެ އެވެ.

ދެވަނަ ކެޓަގަރީއަކީ ވިދިވިދިގެން ޤުރްއާނުގެ ފަސް ޙިޒްބު (ދެ ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ. އެ ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދޭނެ އެވެ. އަދި ބައިވެރިވާ މީހުންނަށް ޙިޒްބުތައް ވަކިކުރަން އެނގެން ޖެހޭނެ އެވެ.

މިނިސްޓްރީން ބުނީ މި މުބާރާތަކީ ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަަށާއި މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ މީހުން ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިމްތިހާނުކުރުމަށް ފަހުގައި ކަމަށެވެ.

އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަހްރޫމުވެފައިވާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހެއް މުބާރާތަށް ދިއުމަށް ހޮވިއްޖެ ނަމަ، އެ ބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސާދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިި މުބާރާތުގައި ބައިވެރިވާން އެދޭ މީހުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު (ސީވީ) އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ އާއި ޙާފިޡުކަމުގެ ސަނަދުގެ ކުލަ ކޮޕީ އަދި ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) މި މަހު 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އީ-މެއިލް ކުރާ ނަމަ "info@nchq.gov.mv" އަށް ފޮނުވޭނެ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމޮރޮކޯކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުކީރިތި ޤުރްއާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގައި ހިތުން ކިޔުމުގެ ގޮފިން 4 ވަަނަ ރާއްޖޭގެ ދަރިވަރަކަށް

ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ރާއްޖޭގެ ދަރިވަރަކަށް

11 ދުވަސް ކުރިން - 14:38

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

52 ދުވަސް ކުރިން - 13:00

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

52 ދުވަސް ކުރިން - 03:18

މޮރޮކޯ އިން ކެނެޑާ ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

މޮރޮކޯ އިން ކެނެޑާ ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

58 ދުވަސް ކުރިން - 00:20

ގިނަބަޔަކު ބުރަވަނީ މިރޭ މޮރޮކޯ އިން ކެނެޑާ ކަޓުވާލާނެ ކަމަށް

ގިނަބަޔަކު ބުރަވަނީ މިރޭ މޮރޮކޯ އިން ކެނެޑާ ކަޓުވާލާނެ ކަމަށް

58 ދުވަސް ކުރިން - 21:47

ވޯލްޑް ކަޕު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ހޮލެންޑް، މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކަޓައިފި

ވޯލްޑް ކަޕު ނަގާނެ ކަމަށް ބެލެވުނު ހޮލެންޑް ކަޓައިފި

62 ދުވަސް ކުރިން - 08:54