Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަލްޖީރިއާގެ މުއްސަނދިކަން ފޭރިގަތް ފުރާންސްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ!

އަލްޖީރިއާގެ މުއްސަނދިކަން ފޭރިގަތް ފުރާންސްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ!

ޖަވާދު
465 ދުވަސް ކުރިން - 16 އޭޕްރިލް 2025 12:10
އަލްޖީރިއާގެ ރައީސް (އަބްދުލްމާޖިދު) އާއި ފުރާންސުގެ ރައީސް މެކްރޮން (ވ).
އަލްޖީރިއާގެ ރައީސް (އަބްދުލްމާޖިދު) އާއި ފުރާންސުގެ ރައީސް މެކްރޮން (ވ).
ޚުލާސާ

ފުރާންސުން ވަނީ އަލްޖީރިއާގެ 1 މިލިއަން މީހުން މަރާލައި އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ގޭހާއި ތެލާއި މައުދަން ވަގަށް ނަގާފައި އަލްޖީރިއާ އިނދަޖައްސާލާފަ.

ފްރާންސަކީ އަނިޔާވެރި ބައެއް ކަމަށާއި، ޑިޕްލޮމެޓުންނަށް ފުރައްސާރަކުރުމާއި އަނިޔާވެރިވުމުގެ ސަގާފަތެއް އޮންނަ ނުބައި ބައެއް ކަމަށް އަލްޖީރިއާއިން ބުނެފިއެވެ. އަލްޖީރިއާއިން މިހެން ބުނީ އެ ދެގައުމުގައި މިހާރު ދިމާވެގެން އުޅޭ ޑިޕްލޮމެޓުންނާއި ގުޅުން ހުރި މައްސަލަތަކަށް އިޝާރާތްކޮށެވެ.

އިއްޔެ ފްރާންސުން ވަނީ އެގައުމުގައި ތިބި އަލްޖީރިއާގެ 12 ޑިޕްލޮމެޓުން ބޭރުވާން އަމުރުކޮށްފައެވެ.

Advertisement

Advertisement 1

މިކަމުގެ ފަސްފަހަތަށް ބަލާއިރު، މިމަހުގެ 14 ވަނަ ދުވަހު އަލްޖީރިއާއިން ވަނީ ފްރާންސްގެ އެމްބަސީގެ 12 ޑިޕްލޮމެޓުން 48 ގަޑިއިރުގެ ތެރޭގައި އަލްޖީރިއާއިން ފުރައިގެން ދިއުމަށް އަމުރުކޮށްފައެވެ. ސަބަބަކީ 2024 ވަނަ އަހަރު ޕެރިސްގައި މީރު ބޫކޯސް ވަގަށްނެގުމުގެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އަލްޖީރިއާގެ ކޮންސިއުލަރ އޮފިޝަލެއް ފްރާންސްއިން ހައްޔަރުކުރުމާ ގުޅިގެންނެވެ. މީރު ބޫކޯސް އަކީ ފްރާންސްގައި ދިރިއުޅޭ އަލްޖީރިއާގެ ރައްޔިތެކެވެ. އޭނާއަކީ އަލްޖީރިއާގެ ސަރުކާރަށް ފާޑުކިޔާ، ސިޔާސީ މައްސަލައިގައި އަލްޖީރިއާއިން ބޭރުވެ ފްރާންސުގައި އުޅޭ މީހެކެވެ. އޭނާ ކިޑްނެޕް ކުރިކަމުގެ ތުހުމަތުގައި އަލްޖީރިއާގެ ޑިޕްލޮމެޓެއް ފްރާންސުން ވަނީ ޖަލަށްލައި އަނިޔާކޮށްފައެވެ. މިކަމުގެ ރައްދެއްގެ ގޮތުން އަލްޖީރިއާގައި ތިބި ފްރާންސުގެ ޑިޕްލޮމެޓުން އަލްޖީރިއާ ސަރުކާރުން ބޭރުކުރީއެވެ. އެއާއެކު، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ފްރާންސުން ވެސް އިއްޔެ ވަނީ އަލްޖީރިއާގެ 12 ޑިޕްލޮމެޓުން އިޚްރާޖުކޮށް، އަލްޖީރިއާގައި ހުރި ފްރާންސްގެ ސަފީރު އަނބުރާ ގެނެސްފައެވެ. އަދި އަލްޖީރިއާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލަ އިތުރަށް އުނދަގޫވެފައިވަނީ ފްރާންސްއިން ފަހަކަށް އައިސް ބާރަތިޖާ ސަހަރާގެ މައްސަލައިގައި މޮރޮކޯގެ އޮޓޮނޮމީ ޕްލޭނަށް ތާއީދުކުރުމާ ގުޅިގެންނެވެ. މިއީ އަލްޖީރިއާއިން ދެކޮޅުހަދާ ކަމެކެވެ. މީގެ އިތުރުން، ޤައުމީ އެއްބައިވަންތަކަމަށް ހުރަސްއެޅޭ ފަދަ ބަސްތަކެއް ބުނި ކަމަށް ބުނެ ފްރާންސް-އަލްޖީރިއާގެ ލިޔުންތެރިއެއް ކަމަށްވާ ބުއަލެމް ސަންސަލް ފަސް އަހަރަށް ޖަލަށްލުމާ ގުޅިގެން ފްރާންސްއިން ވަނީ ފާޑުކިޔާފައެވެ. އަދި މި ޙުކުމް ބަދަލުކުރުމަށް ބުނެ ފުރާންސުން ޑިމާންޑް ކޮށްފައި ވެއެވެ.

މި ކަންކަމުގެ ސަބަބުން ފްރާންސްގެ އިސްތިޢުމާރީ ވެރިކަމުގެ ދުވަސްވަރު އަލްޖީރިއާއަށް ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ވެސް މިހާރު ވަނީ ހުރަސްއެޅިފައެވެ. ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ އިސްތިޢުމާރު ދުވަސްވަރު ހިނގި ކަންކަމުގައި ފްރާންސްގެ ޒިންމާ އޮތްކަން ޤަބޫލުކޮށްފައެވެ. މީގެ ތެރޭގައި 1957 ވަނަ އަހަރު އަލްޖީރިއާގެ ޤައުމިއްޔަތުވާދީ ލާބީ ބެން މްހިދީ މަރާލި މައްސަލަ ވެސް ހިމެނެއެވެ.

ފްރާންސްގެ 4 ލައްކަ ސިފައިން އަލްޖީރިއާގައި ތިބެގެން ވަރަށް ވަރުގަދަޔަށް މީގެކުރިން ހަނގުރާމަ ކޮށްފައި ވެއެވެ. 1954 ވަނަ އަހަރުން ފެށިގެން 1962 ވަނަ އަހަރާއި ހަމަޔަށް ފުރާންސުން ވަނީ އަލްޖީރިއާގެ 1 މިލިއަން މީހުން މަރާލާފައެވެ. އެދުވަސްވަރު ފުރާންސްގެ ސިފައިން ވަނީ އަލްޖީރިއާ ޒުވާން އަންހެންކުދިން ރޭޕްކޮށް އެތައް ބައެއްގެ ބޯ ބުރިކޮށްލިމަށްފަހު މަގުމަތީގައި ބޯބުރިތައް ހިފައިގެން ލަވަކިޔައި މަޖާ ކޮށްފައެވެ.

ފްރާންސުން އަލްޖީރިއާގައި ހިންގި ގަތުލުއާންމުތަކުގެ ބައެއް މަންޒަރުތައް.

އަލްޖީރިއާއަކީ ތެލާއި ގޭހާއި މަޢުދަންތަކުން މުއްސަނދި ޤައުމެކެވެ. އިސްތިޢުމާރުގެ ދުވަސްވަރު ފްރާންސުން ވަނީ އަލްޖީރިއާގެ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށް، މުއްސަނދި ބިންތައް ފޭރިގަނެ، މުއްސަނދިކަން ޔޫރަޕަށް ބަދަލުކޮށްފައެވެ. 1830 އިން 1962 އާއި ދެމެދު ޖުމްލަ 132 އަހަރު ވަންދެން ފުރާންސުން އޮތީ އަލްޖީރިޔާ ހިސާރުކޮށްފައެވެ. މިމުއްދަތުގައި އެގައުމުގެ ހުރިހާ މުއްސަނދިކަމެއް ފޭރިގެންފައި ވާއިރު އޭގެ އަގު އެތައް ސަތޭކަ ބިލިއަން ޑޮލަރަށް އަރައެވެ.

ފްރާންސްއަލްޖީރިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

15 ދުވަސް ކުރިން - 05:26

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

16 ދުވަސް ކުރިން - 03:18

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

17 ދުވަސް ކުރިން - 18:47

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް, ވާދަކުރަންޖެހޭނީ މޮރޮކޯއާ

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް

20 ދުވަސް ކުރިން - 08:23