Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

6،000ރ. ގެ އެލަވަންސަކާއެކު އެޗްޑީސީގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާންކޮށްފި

6،000ރ. ގެ އެލަވަންސަކާއެކު އެޗްޑީސީގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާންކޮށްފި

އަހްމަދު އީޒާން
513 ދުވަސް ކުރިން - 14 އޭޕްރިލް 2025 14:21
މިދިޔަ އަހަރު ހިންގި އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިންނަށް ތަމްރީނު ދެނީ / ފޮޓޯ: އެޗްޑީސީ
މިދިޔަ އަހަރު ހިންގި އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިންނަށް ތަމްރީނު ދެނީ / ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން.

އެޗްޑީސީގެ މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ މި ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.

Advertisement

Advertisement 1

އެޗްޑީސީން ބުނީ މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެއް ކަމަށެވެ.

އެއީ، އެއްގަމު އުޅަނދުފަހަރުގެ މަރާމާތާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު އަދި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ އެވެ.

އެޗްޑީސީން ބުނީ ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 22 ގައި ކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށާއި މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށް ވެސް އެ އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީގެ ކޯޕަރޭޝަންގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހުން މިހާރު ވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނުކުތުން،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ބުނި ގޮތުގައި، ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް މި އެ ކުންފުނިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

1 ދުވަސް ކުރިން - 13:27

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

2 ދުވަސް ކުރިން - 08:48

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

5 ދުވަސް ކުރިން - 14:00

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

9 ދުވަސް ކުރިން - 13:11

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

24 ދުވަސް ކުރިން - 16:00