Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީ ވެރިކަމެއްގައި ރާއްޖޭގައި މޫނުބުރުގާ މަނާކުރާނެ

އެމްޑީޕީ ވެރިކަމެއްގައި ރާއްޖޭގައި މޫނުބުރުގާ މަނާކުރާނެ

އައިޝަތު އީމާން
513 ދުވަސް ކުރިން - 14 އޭޕްރިލް 2025 07:51
އެމްޑީޕީގެ ސިއްރު އެޖެންޑާ ޕްރޮމޯޓްކުރާ އެމްޑީއެން އާއި ދެކޮޅަށް އޮކްޓޯބަރު 2019 ގައި ބޭއްވި ހަރަކާތެއްގެތެރެއިން: އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ހުޅުވާލާނެ.
އެމްޑީޕީގެ ސިއްރު އެޖެންޑާ ޕްރޮމޯޓްކުރާ އެމްޑީއެން އާއި ދެކޮޅަށް އޮކްޓޯބަރު 2019 ގައި ބޭއްވި ހަރަކާތެއްގެތެރެއިން: އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ހުޅުވާލާނެ.
ޚުލާސާ

ނިގާބަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ދައްކައި ބުރުގާ މަނާކުރުމަށް އެމްޑީޕީން ރޭވުންތައް ރާވާކަމަށް ތުހުމަތު ކުރެވޭ.

އެމްޑީޕީ ވެރިކަމެއްގައި ރާއްޖޭގައި މޫނުބުރުގާ މަނާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އެނޫންވެސް ލާދީނީ ބައެއް އެޖެންޓުންނަކީ ސީދާ އެމްޑީޕީއާއި ގުޅިގެން މި ހަރަކާތުގައި އުޅޭ ޖަމާއަތްތަކެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް އެންޖީއޯތަކުން އިސްލާމީ އަގީދާއާ ހިލާފު ހިޔާލުތަކެއް ފަތުރަމުންދާކަމަށް ބުނެ، ބައެއް ދީނީ އިލްމުވެރިންނާއި އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަކުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. މި ފަރާތްތަކުން ބުނާ ގޮތުގައި، ބައެއް އެންޖީއޯތަކުން ކުރާ މަސައްކަތްތަކަކީ ރާއްޖޭގެ އިސްލާމީ އަގީދާއާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިސްލާމީ އުސޫލުތަކާއި ފުށުއަރާ ކަންކަމެވެ.

Advertisement

Advertisement 1

މި ގޮތުން، ޓްރާންސްޕޭރަންސީ މޯލްޑިވްސް، ހޯޕް ފޮރ ވިމެން، އަދި ވޮއިސް އޮފް ވިމެން ފަދަ ޖަމިއްޔާތަކުގެ ބައެއް ހަރަކާތްތަކާމެދު ބައެއް އިލްމުވެރިން ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް، މި ޖަމިއްޔާތަކުގެ މައްޗަށް ރަސްމީކޮށް އެއްވެސް ދައުވާއެއް މިހާތަނަށް ސާބިތުވެފައެއް ނުވެއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އެމްޑީޕީގެ ޕްރޮޕެގަންޑާ ފަތުރާ ފަރާތަކުން ވަނީ ރާއްޖޭގައި މޫނުބުރުގާ މަނާކުރާނެ ކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ރައްޔިތުންނަށް ވިސްނުވައި ދިނުމަށް ހިޔާލު ފާޅުކޮށްފައެވެ.

ރާއްޖޭގައި އޮތް އިސްލާން ދީނާއި ފާޅުގައި ދެކޮޅު ހެދުމުގެ ސަބަބުން 2019 ވަނަ އަހަރު އެމްޑީއެން އުވާލިކަން ފާހަގަކުރެވެއެވެ. އެމްޑީއެން އުވައިލީ ރައްޔިތުން ރުޅި އައިސް މުޒާހަރާކޮށް އެމްޑީޕީގެ ސަރުކާރު ދެކެ ރުޅި އައިސް މަގުމައްޗަށް ނުކުމެ މަސްލަހަތު ގޯސްވުމުންނެވެ. ފަހަރެއްގައިވެސް އޭރުގެ ސަރުކާރުން އެގޮތް ބޭނުން ވެގެނެއް ނޫނެވެ. އޭރު ވެރިކަމުގައި ތިބީ ވެސް އެ ފިކުރުގެ މީހުންނެވެ. އެމްޑީއެންގެ ތަފާތު މަގާމުތަކުގައި ތިބި މީހުންނެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ބުރުގާ މަނާކުރާނެ ކަމަށް ބުނިއިރު މީގެ ކުރިން އެމީހުން ވަނީ މޫނުބުރުގާ އަޅައިގެން ސަރުކާރުގެ ވަޒިފާތަކުގައި ނޫޅެވޭ ގޮތް ވެސް ހަދާފައެވެ. މިހާރު އެމްޑީޕީގެ އަމާޒަކީ ރާއްޖޭގައި އަމާންކަން ގެއްލޭ ކަހަލަ ކަމެއް ބުރުގާ އަޅައިގެން މޫނު ފޮރުވައިގެން ތިބި ބަޔަކު ލައްވައި ކުރުމަށްފަހު، ނިގާބަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ދައްކައި ބުރުގާ މަނާކުރުމަށް ގޮވާލުން ކަމަށް ތުހުމަތު ކުރެވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، އިސްލާންދީނަކީ ދައުލަތުގެ ދީނެވެ. އަދި ގާނޫނުތައް ހެދުމުގައި އިސްލާންދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ހެދުމަށް ލާޒިމްކުރެއެވެ. އެހެންކަމުން، މި މައްސަލައަކީ ވަރަށް ސަމާލުކަން ދޭންޖެހޭ މައްސަލައެއް ކަމުގައި ގިނަ ފަރާތްތަކުން ދެކެއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ލާދީނީ ފިކުރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުރައްސާރަކުރުމުގައި ޔާމީނު ވެސް އެންމެ ދަށުދަރަޖައަށް ވެއްޓިއްޖެ

ފުރައްސާރަކުރުމުގައި ޔާމީނު ވެސް އެންމެ ދަށުދަރަޖައަށް ވެއްޓިއްޖެ

485 ދުވަސް ކުރިން - 19:18

ޔުމްނު މައްސަލަ ސިޔާސީ ކުރަނީ އެމްޑީޕީ މަތީފަޑީގެ އާއިލީ މަސްލަހަތު ހިމާޔަތްކުރުމަށް، ހެކި މިހިރީ!

މައްސަލަ ސިޔާސީ ކުރަނީ ރައުދު ސަލާމަތްކުރުމަށް، މިހިރީހެކި!

501 ދުވަސް ކުރިން - 17:40

މޭޑޭ - ފޮރުވިފައިވާ ބިރުވެރި ހަގީގަތް!

މޭޑޭ- ފޮރުވިފައިވާ ބިރުވެރި ހަގީގަތް!

501 ދުވަސް ކުރިން - 09:41

ލީކު: އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން އެމްޑީޕީން މިހާރު ރުޅިއައިސްފި

އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން އެމްޑީޕީން މިހާރު ރުޅިއައިސްފި

512 ދުވަސް ކުރިން - 13:37

އެމްޑީޕީން ހުއްދަކުރި އިސްރާއީލުގެ ޕާސްޕޯޓާއި އެމީހުންނާއި އޮތް ގުޅުން

އެމްޑީޕީން ހުއްދަކުރި އިސްރާއީލުގެ ޕާސްޕޯޓާއި އެމީހުންނާއި އޮތްގުޅުން

513 ދުވަސް ކުރިން - 21:29

ރާއްޖޭގެ އިސްލާމީ ވެރިކަން ބަދަލުކުރުމަށް ބޭރުގެ ނުފޫޒާއެކު ލާދީނީ ފިކުރުތައް އެއްވަނީ

ބޭރުގެ ނުފޫޒާއެކު ރާއްޖޭގެ ލާދީނީ ފިކުރުތައް އެއްވަނީ

522 ދުވަސް ކުރިން - 19:17