Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާމްދަނީ އިތުރުވެ، ދައުލަތަށް 1.2 ބިލިއަން ރުފިޔާ ފައިދާވެއްޖެ

އާމްދަނީ އިތުރުވެ، ދައުލަތަށް 1.2 ބިލިއަން ރުފިޔާ ފައިދާވެއްޖެ

އަހްމަދު އީޒާން
529 ދުވަސް ކުރިން - 13 އޭޕްރިލް 2025 23:14
ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

މިނިސްޓްރީން ބުނީ އާމްދަނީ އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީން ކަމަށް.

މިދިޔަ މަހު 20ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާއަށް އަރައި ދައުލަތުން ހަރަދުކުރި މިންވަރަށް ވުރެ ލިބުނު އާމްދަނީ ގިނަވެ، ބަޖެޓު ސާޕްލަސް ވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ މިއަދު އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، 20 މާޗުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 8.8 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 8.0 ބިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އާމްދަނީ އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ މި މުއްދަތުގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ހިނގާފައި ވަނީ 7.6 ބިލިއަން ރުފިޔާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައި ވަނީ މުވައްޒަފުންނަށް ހިނގާ ހަރަދާއި އާސަންދަ އާއި ސަބްސިޑީގެ ބައިންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުގެ ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު މި މުއްދަތުގައި ކުޑަ ނަމަވެސް، މި އަހަރުގެ ޖުމްލަ ބަޖެޓު ބޮޑުވެފައި ވަނީ ހަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީ އެވެ. އޭގެ ތެރޭގައި މިދިޔަ މަހު ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލްއަށް އަނބުރާ ދައްކާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓް ވެސް ހިމެނެ އެވެ.

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ އޯވަރޯލް ބަޖެޓް ބެލެންސްއަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ ޑެފިސިޓްގައި، ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރެވިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 20ގެ ނިޔަލަށް މި އަހަރުގެ ބަޖެޓް ބޭނުންކުރެވިފައިވާ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ހަރަދު ހިނގާފައިވާ އިދާރާތަކަކީ، ކޮންސްޓްރަކްޝަން މިނިސްޓްރީއަށް 441.8 މިލިއަން ރުފިޔާ އާއި އެޑިޔުކޭޝަން މިނިސްޓްރީއަށް 668.6 މިލިއަން ރުފިޔާ އަދި އެންސްޕާއަށް 883.8 މިލިއަން ރުފިޔާ ކަމަށެވެ.

ފިނޭންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

23 ދުވަސް ކުރިން - 19:00

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

37 ދުވަސް ކުރިން - 11:07

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

38 ދުވަސް ކުރިން - 13:11

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

53 ދުވަސް ކުރިން - 16:07

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

68 ދުވަސް ކުރިން - 18:28

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

70 ދުވަސް ކުރިން - 10:27