Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

އައިޝަތު ރުވާ ރިފްޢަތު
8 ގަޑިއިރު ކުރިން - 18 ޖުލައި 2026 18:28
މާލީ ވުޒާރާ / ފޮޓީ؛ ޙުލާސާ
މާލީ ވުޒާރާ / ފޮޓީ؛ ޙުލާސާ
ޚުލާސާ

ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުމާއި، މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމުގެ އިތުރުން، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރުންވެސް ހިމެނޭކަމަށް ފީސީބީއިން ބުނި.

ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.

ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައިވާ ގޮތުން، މި ބަދަލު ގެނައުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

މި ނިންމުމަކީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕީސީބީއަށް ދީފައިވާ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް މާލީ ވުޒާރާއިން މީގެކުރިން ވަނީ އަންގާފަ އެވެ.

Advertisement

Advertisement 1

މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ އަމަލީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެގޮތުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ޕީސީބީން ބުނިގޮތުގައި މި ބަދަލުގެ މައިގަނޑު ބޭނުމަކީ، ކުންފުނިތަކުގެ ސައިޒާއި އެ ކުންފުންޏެއްގެ މަސައްކަތްތަކާ އެކަށީގެންވާ މިންވަރަކަށް މުވައްޒަފުންގެ އަދަދު ބެހެއްޓުމެވެ.

ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ވަރަށް ގާތުން މޮނިޓަރު ކުރަމުންދާނެ އެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެ ބޯޑަށް ފޮނުވަން ވަނީ އަންގާފަ އެވެ. ޕީސީބީން އިތުރަށް ބުނީ، ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި މިވަގުތު މި ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުމާއި، މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމުގެ އިތުރުން، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރުންވެސް ހިމެނެ އެވެ. ޕީސީބީން ދަނީ މި ހުރިހާ ކަމެއް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ޤަވާއިދުން މާލީ ވުޒާރާއާ ހިއްސާ ކުރަމުންނެވެ.

ފިނޭންސް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

2 ދުވަސް ކުރިން - 10:27

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

2 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

5 ދުވަސް ކުރިން - 10:15

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

40 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

40 ދުވަސް ކުރިން - 11:49

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

45 ދުވަސް ކުރިން - 20:42