Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ވަޒީރު ޚަލީލް ބައިވެރިވެވަޑައިގެންފި

އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ވަޒީރު ޚަލީލް ބައިވެރިވެވަޑައިގެންފި

އާނާ ފަހީމް
467 ދުވަސް ކުރިން - 11 އޭޕްރިލް 2025 19:11
ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވާހަކަދައްކަވަނީ. / ފޮޓޯ: ޚާރިޖީ ވުޒާރާ
ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވާހަކަދައްކަވަނީ. / ފޮޓޯ: ޚާރިޖީ ވުޒާރާ
ޚުލާސާ

އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެން، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޖިއޯސްޓްރެޓެޖިކް ބަދަލުތަކާ ގުޅޭ ޕެނަލްގައި ވާހަކަފުޅު ދައްކަވައި، ސަރަޙައްދުގެ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވައިފި.

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް ވަޒީރު ޚަލީލް ކުރައްވާ ދަތުރުފުޅެކެވެ.

ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަނާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement 1

ވަޒީރު ވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް މަޝްވަރާއާއި ޑިޕްލޮމެސީގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރުވެސް ފާހަގަކުރެއްވިއެވެ.

މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 އަށެވެ. ފޯރަމްގެ ތެރޭގައި ހިމެނޭ މުހިންމު ބައްދަލުވުންތަކުގެ އިތުރުން، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސް މަންދޫބުންނާ ވެސް ވަޒީރު ޚަލީލް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

122 ދުވަސް ކުރިން - 17:52

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

"ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން"

132 ދުވަސް ކުރިން - 17:27

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް، ފޮރިންމިނިސްޓަރު ފުރާ ވަޑައިގަނެފި

169 ދުވަސް ކުރިން - 09:46

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކުށްވެރިކޮށްފި

192 ދުވަސް ކުރިން - 19:32

ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

278 ދުވަސް ކުރިން - 12:55

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެއިން ގޮވާލައިފި

297 ދުވަސް ކުރިން - 17:17