ބަނގުރާކަމަށް ބެލެވޭ ފުޅިތަކަކާއެކު މިރޭ ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 21:55 ހާއިރު ހުޅުމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ވެހިކަލެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ވެހިކަލް ބަލައި ފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ކަމަށް ބެލެވޭ 54 ފުޅި ފެނިފައިވާ ކަމަށާއި، އެ ތަކެތި ފެނުނު ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ދެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.









