ދަރަވަންދޫ ދޯނި އެހެލާ ސަރަހައްދުގައި ތިބި ދޯނިފަހަރުގެ ވެރިފަރާތް ހޯދަނީ

ހުސައިން އިސްމާއިލް | 193 ދުވަސް ކުރިން - 9 އޭޕްރިލް 2025 10:32
ދަރަވަންދޫ ދޯނި އެހެލާ ސަރަހައްދު ސާފުކުރުމަށް ކައުންސިލަށް އޮތް ހުރަހަކީ އެތަނުގައިވާ ގިނަދުވަސްވީ ތަކެއްޗާއި އުޅަނދުފަހަރު.
ދަރަވަންދޫ ދޯނި އެހެލާ ސަރަހައްދު ސާފުކުރުމަށް ކައުންސިލަށް އޮތް ހުރަހަކީ އެތަނުގައިވާ ގިނަދުވަސްވީ ތަކެއްޗާއި އުޅަނދުފަހަރު.
ޚުލާސާ

ދަރަވަންދޫ ކައުންސިލުން ބުނީ އެރަށު ދޯނި އެހެލާ ސަރަހައްދު ސާފުކުރަން ޖެހޭތީ އެތާނގައި ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ ތަގްސީލީ މައުލޫމާތު މިމަހުގެ 20 ގެ ކުރިން އެކައުންސިލަށްިނުމަށް.

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ދޯނި އެހެލާ ސަރަހައްދުގައި އެހެލާފަ ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތަގެ ވެރިފަރާތްތައް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ، އެރަށު ދޯނި އެހެލާ ސަރަހައްދުގައި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ ދޯންޏާއި، ލޯންޗާއި، ޑިންގީ އެހެލާފައި އެބަހުރިކަމަށެވެ. އަދި އެ އުޅަނދުތަކުގެ ވެރި ފަރާތް ހޯދަނީ އެ ސަރަހައްދު ސާފުކުރުުމަށް ކަމަށް ބުންޏެވެ.

މިކަން ބަޔާންކޮށް، މައްސަލަ ހައްލުކުރުމަށް ދަރަވަންދޫ ކައުންސިލުން ވަނީ އިއުލާނެއްވެސް އާންމުކޮށްފަ އެވެ. އެ އިއުލާނުގައި، ދޯނި އެހެލާ ސަރަހައްދުގައި އެހަލާފައިހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި، އެހެނިހެން ތަކެތީގެ ވެރިން އެތަކެތީގެ ތަފްޞީލް ބަޔާންކޮށް ލިޔުމަކުން މިމަހުގެ 20 ވާ އާދިއްތަދުވަހުގެ 14:00ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދިފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%