Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާއާއި ވާހަކަ ނުދައްކާނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފި

އެމެރިކާއާއި ވާހަކަ ނުދައްކާނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފި

ޖަވާދު
433 ދުވަސް ކުރިން - 7 އޭޕްރިލް 2025 11:46
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ: އޭނާ ވިދާޅުވީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކަށް ދިޔުމަށް ބޭނުން ނުވާކަމަށް.
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ: އޭނާ ވިދާޅުވީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކަށް ދިޔުމަށް ބޭނުން ނުވާކަމަށް.
ޚުލާސާ

ޚާމަނާއީ ވިދާޅުވީ އެމެރިކާ ފަދަ ސަރުކާރަކާ އެކު މުއާމަލާތް ކުރުމަކީ ބުއްދިވެރި، ނުވަތަ ޝަރަފުވެރި ކަމެއް ނޫން" ކަމަށާއި އެމެރިކާގެ ނިޔަތާ މެދު ޝައްކު އުފެދޭ ކަމަށް.

އެމެރިކާއާއެކު ސީދާ މަޝްވަރާ ކުރުމުގެ ފުރުސަތު އީރާނުން އަނެއްކާވެސް ބޭނުން ނުވާކަމަށް ބުނެފިއެވެ.

އީރާނުން ބުނީ ، އެފަދަ މަޝްވަރާތަކަކީ " ބުއްދިވެރި" މަޝްވަރާތަކެއް ނޫން ކަމަށާއި އެގައުމަށް ދިމާވާ ގޮންޖެހުންތައް އެ މަޝްވަރާއަކުން ހައްލު ނުވާނެ ކަމަށް ބުނެފަ އެވެ.

ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާ ފަދަ ސަރުކާރަކާ އެކު މުއާމަލާތް ކުރުމަކީ ބުއްދިވެރި، ނުވަތަ ޝަރަފުވެރި ކަމެއް ނޫން" ކަމަށާއި އެމެރިކާގެ ނިޔަތާ މެދު ޝައްކު އުފެދޭ ކަމަށެވެ.

Advertisement

Advertisement 1

ސީދާ މަޝްވަރާއަށް ދެކޮޅު ހެދި ނަމަވެސް، އީރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން ޚިޔާލުތަފާތުވުން އުފެދޭ މައްސަލަތަކަށް ހައްލެއް ހޯދުމަށް އޮމާން ފަދަ މެދުވެރިން މެދުވެރިކޮށް ނުސީދާ މަޝްވަރާތަކަށް ހުޅުވާލެވިފައިވާކަން ދައްކާފައެވެ. ވޮޝިންޓަންގެ ސީރިއަސްކަން ވަޒަންކުރުމަށް ނުސީދާ މަޝްވަރާތަކެއް ކުރަން ބޭނުންވާކަން އީރާނުގެ އޮފިޝަލުން ވަނީ އިޝާރާތްކޮށްފަ އެވެ.

މިކަމާ ގުޅުންހުރި ކަމެއްގެ ގޮތުން، އިރާގުގައި އީރާނުގެ ތާއީދު އޮންނަ ބައެއް މިލިޝިއާ ޖަމާއަތްތަކުން ދަނީ އެމެރިކާގެ އަސްކަރީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ހަތިޔާރު ނައްތާލުމަށް ވިސްނަމުންނެވެ.

މީގެ އިތުރުން އީރާނަށް އަމާޒުކޮށްގެން އެމެރިކާގެ އެއްވެސް އަސްކަރީ އޮޕަރޭޝަނަކަށް ތާއީދު ނުކުރުމަށް އީރާނުން ވަނީ އަވަށްޓެރި ގައުމުތަކަށް ހަރުކަށި އިންޒާރުތަކެއް ދީފަ އެވެ. އެމެރިކާ ސިފައިންނަށް އެމީހުންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ އީރާނާއި ދެކޮޅުވެރިވުން ކަމަށް ބުނެ ތެހެރާނުން ވަނީ އިންޒާރު ދީފައެވެ.

އެމެރިކާއީރާން
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން, ނަތަންޏާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި: ޓްރަމްޕު

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން: ޓްރަމްޕު

4 ގަޑިއިރު ކުރިން - 00:26

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

9 ގަޑިއިރު ކުރިން - 20:14

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

19 ގަޑިއިރު ކުރިން - 09:46

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

1 ދުވަސް ކުރިން - 02:52

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

1 ދުވަސް ކުރިން - 11:14

ވަގުތީ އެއްބަސްވުމަށް އަމަލުނުކޮށް ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ: އީރާނު

ވަގުތީ އެއްބަސްވުމަށް އަމަލުނުކޮށް ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ: އީރާނު

1 ދުވަސް ކުރިން - 10:59