Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޝްހޫރު އޮންލައިން ޕްލެޓްފޯމް "ޓީމޫ" ރާއްޖެއަށް ފުޅާކޮށްފި

މަޝްހޫރު އޮންލައިން ޕްލެޓްފޯމް "ޓީމޫ" ރާއްޖެއަށް ފުޅާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
476 ދުވަސް ކުރިން - 5 އޭޕްރިލް 2025 22:31
"ޓީމޫ" އެޕްލިކޭޝަން
"ޓީމޫ" އެޕްލިކޭޝަން
ޚުލާސާ

ޓީމޫއިން އޯޑަރުކުރާ ތަކެއްޗަށް ފްރީ-ޝިޕިންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަންނާކަށް ނުޖެހޭނެ

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯމްކަމުގައިވާ "ޓީމޫ" އިން އެ ކުންފުނީގެ ވިޔަފާރި ދިވެހިރާއްޖެއަށް ފުޅާކޮށްފިއެވެ. މިއީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގައި ނަން މަޝްހޫރު ޓީމޫ މާކެޓްޕްލޭސް މި ސަރަޙައްދުގެ ޤައުމުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޓީމޫގެ ޕްލެޓްފޯމުން ދިވެހި ކަސްޓަމަރުންނަށް ރަނގަޅު ކޮލިޓީގެ ގިނަ އުފެއްދުންތަކެއް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ ހިމެނެއެވެ.

ޓީމޫގެ ޔޫސަރފްރެންޑްލީ އެޕް މެދުވެރިކޮށް ފަސޭހައިން ތަކެތި އޯޑަރުކޮށް ވަގުތުން ފައިސާ ދެއްކޭނެއެވެ. އަދި އޯޑަރުކުރާ ތަކެތި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސީދާ ކަސްޓަމަރުންނާ ހަމައަށް އިތުބާރާއި ޔަޤީންކަމާއެކު ފޯރުކޮށްދިނުމަކީ، މި އޮންލައިން ޕްލެޓްފޯމްގެ އެންމެ ޚާއްޞަ އެއް ސިފައެވެ.

Advertisement

Advertisement 1

ޓީމޫއިން އޯޑަރުކުރާ ތަކެއްޗަށް ފްރީ-ޝިޕިންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަންނާކަށް ނުޖެހޭނެއެވެ. މިކަމުން ކަސްޓަމަރުންނަށް ބޭނުން އިރަކު ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޓީމޫގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކްގެ ޚިދުމަތް ބޭނުންކުރަން ފަށާފައެވެ. މި އިސްތިރާޖީ ގުޅުމުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓީމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އަވަހަށް ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ ދިވެހިރާއްޖޭގައި އީ-ކޮމާސްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ޗައިނާއާއި ތައިލެންޑް އަދި އިންޑިއާ ފަދަ ޤައުމުތަކުގެ އޮންލައިން ޕްލެޓްފޯމްތަކާ ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.

ޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

8 ދުވަސް ކުރިން - 16:01

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

14 ދުވަސް ކުރިން - 23:28

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

51 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

58 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

59 ދުވަސް ކުރިން - 11:09