Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިންދޫންގެ ހައްގުތައް ރައްކާތެރިކުރުމަށް ބަންގްލަދޭޝަށް މޯދީ ގޮވާލައްވައިފި

ހިންދޫންގެ ހައްގުތައް ރައްކާތެރިކުރުމަށް ބަންގްލަދޭޝަށް މޯދީ ގޮވާލައްވައިފި

ޖަވާދު
432 ދުވަސް ކުރިން - 5 އޭޕްރިލް 2025 09:48
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް (ކ)
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް (ކ)
ޚުލާސާ

ބަންގްލަދޭޝްގެ 91.04 ޕަސެންޓަކީ މުސްލިމުން. ހިންދޫ ދީނުގެ މީހުންގެ އާބާދީއަކީ 7.95 ޕަސަންޓް.

ބެންކޮކްގައި ބޭއްވި ބިމްސްޓެކް ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް މުހިންމު ބައްދަލުކުރެއްވުމެއްގައި މަޝްވަރާތައް ކުރައްވައިފިއެވެ.

މިއީ މިދިޔަ އޮގަސްޓް މަހު ބަންގާޅުގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކަށް ފަހު ދެގައުމުގެ ދެމެދުގައި ބޭއްބި ފުރަތަމަ ރަސްމީ މަޝްވަރާއެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ އިންޑިއާގައި ހިމާޔަތް ހޯއްދެވި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވެރިކަމުން ދުރުކުރުމާ ގުޅިގެން އިންޑިއާ އާއި ބަންގްލަދޭޝާއި ދެމެދު އުފެދިފައިވާ ގުޅުންތައް ރަނގަޅު ކުރުމެވެ.

Advertisement

Advertisement 1

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް - މޯދީ ވަނީ ދެގައުމުގެ ގުޅުން ބަދަހިކޮށް ސެކިއުރިޓީ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ.

ބޮޑުވަޒީރު މޯދީ ވަނީ ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ފަދަ ބައިބައިވުމުގެ ވާހަކަތަކުން ދުރުހެލިވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ބަންގްލަދޭޝުން ބައި މަދު ކޮމިއުނިޓީތަކާއި ޚާއްސަކޮށް ހިންދޫންނާ މެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުންތައް ފާހަގަކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ 91.04 ޕަސެންޓް ނުވަތަ 150 މިލިއަނަށްވުރެ ގިނަ މުސްލިމުން ތިބޭއިރު ހިންދޫ ދީނުގެ މީހުންގެ އާބާދީއަކީ 13.13 މިލިއަނެވެ. އެއީ އެގައުމުގެ އާބާދީގެ 7.95 ޕަސަންޓެވެ.

މޯދީ ގޮވާލެއްވީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަނިޔާވެރިކަމުގެ ފުރިހަމަ ތަހުގީގުތަކެއް ކުރުމަށެވެ.

ގިނަ ބަޔަކު ކުރި މުޒާހަރާތަކުގެ ތެރޭގައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވި މަޝްހޫރު އިކޮނޮމިސްޓް ޔޫނުސް ވަނީ ބައިމަދު މީހުންގެ ހައްގުތައް ރައްކާތެރިކޮށް، އޭނާގެ ވެރިކަމުގައި ބޯޑަރ ސެކިއުރިޓީއާއި އިންސާޞި ހައްގުތައް ހިމާޔަތްކޮށް ކުރިން ހިންގާފައިވާ ކޮރަޕްޝަންތައް ބަލައި އިންސާފު ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާނަރެންދްރަ މޯދީބަންގްލަދޭޝް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

23 ގަޑިއިރު ކުރިން - 12:43

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

7 ދުވަސް ކުރިން - 18:30

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

13 ދުވަސް ކުރިން - 15:05

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

14 ދުވަސް ކުރިން - 13:09

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

16 ދުވަސް ކުރިން - 16:42

ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގެންފި

އެމެރިކާގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގެންފި

18 ދުވަސް ކުރިން - 13:21