Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިއަދު ބަހައްޓައިފި

ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިއަދު ބަހައްޓައިފި

އަައިޝަތު ޒީނާ
531 ދުވަސް ކުރިން - 3 އޭޕްރިލް 2025 20:01
ތިލަމާލެ ބްރިޖުގައި ބަހައްޓާފައިވާ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް. / ފޮޓޯ: އިންޑިއާގެ ހައިކޮމިޝަން
ތިލަމާލެ ބްރިޖުގައި ބަހައްޓާފައިވާ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް. / ފޮޓޯ: އިންޑިއާގެ ހައިކޮމިޝަން
ޚުލާސާ

މި ޕްރީކާސްޓްގެ އުސްމިނުގައި 8.2 މީޓަރު ހުންނަ އިރު، ފުޅާމިނުގައި ހުންނަނީ 25.3 މީޓަރު. މިއީ 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި ޕްރީކާސްޓެއް.

މާލެ-ވިލިމާލެ ގުޅުވާލާ ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިއަދު ބަހައްޓައިފިއެވެ.

އިންޑިއާގެ ހައިކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެެއްގައި ވަނީ މިއީ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓްކަން ފާހަގަކޮށް، މިއީ އިންޖިނިއަރިންގެ ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށް ބުނެފައެވެ.

މި ޕްރީކާސްޓްގެ އުސްމިނުގައި 8.2 މީޓަރު ހުންނަ އިރު، ފުޅާމިނުގައި ހުންނަނީ 25.3 މީޓަރެވެ. މިއީ 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި ޕްރީކާސްޓެކެވެ.

Advertisement

Advertisement 1

އިންޑިއާއިން އެކްސްގައި ކުރި ޕޯސްޓާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބް ވިދާޅުވީ މި ބޮޑު ކާމިޔާބާއެކު ބްރިޖްގެ މަސައްކަތް ތާވަލަށް ބަރާބަރަށް ނިންމާލެވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އަދި އިންޑިއާ ސަފީރާއި ކަމާބެހޭ ފަރާތްތަކުން ބްރިޖުގެ މަސައްކަތް ހަލުވި ކުރެއްވުމަށް ދެއްވާ އިސްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

7 ބިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއި ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އަދި ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

މިއީ ކުރީ ސަރުކާރުން ފެށި މަޝްރޫޢެއް ނަމަވެސް ކުރީން ކަނޑައެޅި އެއްވެސް ތާރީޚަކަށް ނިންމާލެވޭ ގޮތެއް ނުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ނިންމުމަށް ޚާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތިލަމާލެ ބްރިޖުއިންޑިއާ ހައި ކޮމިޝަންމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Advertisement
Advertisement

0 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ނައިފަރު ޑާންސަރު

531 ދުވަސް ކުރިން - 21:37

ކައްޒާބު މިހާރު އެމަސައްކަތް ކުރަނީ މި ބުރިޖް އެޅުމުގެ ކުރެޑިޓްނަގާން.

ބައްޔާ

531 ދުވަސް ކުރިން - 20:43

ތިއޮތީ އާކުކުޅަކަށް ގާބިހެއް އެޅިފަ ދެންދުވޭ ހަޅޭލަވަމުން

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

17 ދުވަސް ކުރިން - 20:10

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

17 ދުވަސް ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

17 ދުވަސް ކުރިން - 11:32

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

20 ދުވަސް ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

21 ދުވަސް ކުރިން - 23:42

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

25 ދުވަސް ކުރިން - 18:55