ޔަހޫދީ ސިފައިން ސީރިއާގެ ވެރިރަށް ދިމިޝްގުގެ އިތުރުން ހަމާ އާއި ހޮމްސް އަށް ނުރައްކާތެރި ވައިގެ ހަމަލާތަކެއް ދީ، ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ސީރިއާއަށް އަރައިގަންނަން މިވަގުތު މަސައްކަތް ފަށައިފިއެވެ.
މިވަގުތު އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ސީރިއާގެ ދެކުނުގެ ދަރާ އާއި ދިމާލަށް ވަދެގަންނަން މަސައްކަތް ކުރަމުން އެބަ ދެއެވެ. އެހެންކަމުން ސީރިއާގެ މުޖާހިދުންނާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް އެބަ ހިނގައެވެ. އަދި ސީރިއާގެ ވެރިރަށް ދިމިޝްގުގައި އަސްކަރިއްޔާ ވަނީ އެލާޓަށް ގެނެސްފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ބަރަޒާ އަވަށުގައި ހުންނަ ސައިންޓިފިކް ރިސާޗް ސެންޓަރަކަށެވެ. މިއީ ސީރިޔާގެ އިސްތިގުލާލާއި މިނިވަންކަމަށް ބެލުމެއްނެތި އިސްރާއީލުން ސީރިއާގެ ބާތުތައް ނެތިކޮށްލުމަށް ދޭ އަނިޔާވެރި ހަމަލާތަކެކެވެ.
ސީރިއާގެ އަރަބި ނޫސް އެޖެންސީން އިން ބުނީ ޔަހޫދީ ސިފައިން ބަރަޒާގެ ސައިންޓިފިކް ރިސާޗް ސެންޓަރަކާއި ހަމާގެ އަސްކަރީ އެއާޕޯޓަކަށް ހަމަލާދީ ގޯލާންގެ އުސްބިންތައް ވެސް ހިފާފައިވާ ކަމަށެވެ. އަދި އަސްކަރީ އެއާޕޯޓަކަށް ވެސް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.
ސީރިއާގެ ފޮރިން މިނިސްޓްރީން ބުނީ ހަމާގެ އަސްކަރީ އެއާޕޯޓަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންނާއި ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ.
ބަޣާވާތުން ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށްފަހު ޔަހޫދީ ބާރުތަކުން ވަނީ ސީރިއާއަށް ދޭ ހަމަލާތައް އިތުރުކޮށްފައިކަން ފާހަގަ ކުރެވެއެވެ. ޑިސެމްބަރު 8، 2024 ގައި އަސަދުގެ ސަރުކާރު ވައްޓާލީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސްޔޫ) އިންނެވެ. ސީރިޔާގައި މިހާރު ވެރިކަން ކުރަނީ އެޗްޓީއެސް އިން އުފައްދާފައިވާ ސަރުކާރަކުންނެވެ. ރައީސަކީ އެ ޖަމާއަތުގެ ލީޑަރު އަހުމަދު އަލް ޝަރާ' އެވެ.
ވައިގެ ހަމަލާތަކުގެ އިތުރުން ޔަހޫދީ ސިފައިން ވަނީ ސީރިއާގެ އަލް ޖުލާންގައި ހުންނަ އދ ގެ ތަންތަނަށް ވެސް ޙަމަލާ ދީފައެވެ. އަސަދުގެ ވެރިކަމުގައި ވެސް ޔަހޫދީ ބާރުތަކުން ވަނީ ސީރިއާއަށް ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. އެމީހުން އަމާޒުކޮށްފައި ވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރުންނާއި ސިފައިންގެ އިތުރުން ލުބުނާނުގެ މުޖާހިދީން ޖަމާއަތް ހިޒްބުاللهގެ މެމްބަރުންނަށް ކަމަށް ޔަހޫދީ ސިފައިން ބުނެ އެވެ.
ސީރިއާގެ އިންސާނީ ހައްގުތަކުގެ ހާލަތު މޮނިޓަރ ކުރާ އިނގިރޭސި ޖަމިއްޔާއެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ބުނީ ޑިސެމްބަރު މަހު އެޗްޓީއެސް އިން އަސަދު ވައްޓާލި ފަހުން ޔަހޫދީ ބާރުތަކުން ބަރަޒާއަށް ހަމަލާދޭ ކަމަށެވެ.
އިސްރާއީލުން ސީރިޔާގެ މައްޗަށް ވެރިކަން ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެންނާކަށް ނެތެވެ. އިސްރާއީލާއި ސީރިއާއާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މުހިންމު ގޮތެއްގައި ހިމެނެނީ ސީރިއާގެ އެތެރޭގައި ހުންނަ އީރާނާއި ހިޒްބުاللهގެ އަސްކަރީ މަގާމުތަކަށް އަމާޒުކޮށްގެން އިސްރާއީލުން ވައިގެ ހަމަލާތަކެކެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނެފައި ވަނީ މި ހަމަލާތަކުގެ މަގުސަދަކީ އީރާނުގެ ބޯޑަރުތަކުގެ ކައިރީގައި ދާއިމީކޮށް ތިބޭ ސިފައިން އެތަނުން ދުރުކުރުމެވެ. ސީރިއާގެ ގިނަ ރައްޔިތުން އަދިވެސް ތިބީ ރަޝިޔާ އާއި އީރާނުން ތާއީދުކުރާ ރައީސް ބައްޝާރުލް އަސަދުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ. އިސްރާއީލުން ސީރިއާއަށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތައް ދީފައިވާއިރު، ގޯލާންގެ އުސްބިންތަކުގައި މިހާރު ވެރިކަން ކުރަނީ އިސްރާއީލް ސިފައިންނެވެ.
ޚަބަރު ލިބޭ ގޮތުގައި ސީރިޔާގެ ދިފާޢީ ހަނގުރާމަވެރިންގެ އެތައް ސަތޭކަ މުޖާހިދުންގެ މިސްރާބު އިޒްރޭލުގެ އިސްތިޢުމާރީ ސިފައިންނާއި ސީރިޔާގެ ދިފާޢީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން ދާ ދަރާގެ ސަރަޙައްދާއި ދިމާލަށް މިހާރު ވަނީ މިސްރާބު ޖަހާފައެވެ.









