Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްރާންސްގެ އިދިކޮޅު ލީޑަރަށް އިންތިޚާބު ތަކުގައި ވާދަ ނުކުރެވޭ ގޮތަށް ޙުކުމް ކޮށްފި

ފްރާންސްގެ އިދިކޮޅު ލީޑަރަށް އިންތިޚާބު ތަކުގައި ވާދަ ނުކުރެވޭ ގޮތަށް ޙުކުމް ކޮށްފި

ޖަވާދު
480 ދުވަސް ކުރިން - 1 އޭޕްރިލް 2025 13:40
ފުރާންސުގެ އިދިކޮޅު އެންމެ ވަރުގަދަ ލީޑަރު ލެ ޕެން ޕެރިސް ކޯޓަށް އިއްޔެ ވަޑައިގަންނަވަނީ: އޭނާއަށް އިއްޔެ ކުރި ހުކުމްތައް އިސްތިއުނާފް ކުރަން ވަނީ ނިންމާފަ.
ފުރާންސުގެ އިދިކޮޅު އެންމެ ވަރުގަދަ ލީޑަރު ލެ ޕެން ޕެރިސް ކޯޓަށް އިއްޔެ ވަޑައިގަންނަވަނީ: އޭނާއަށް އިއްޔެ ކުރި ހުކުމްތައް އިސްތިއުނާފް ކުރަން ވަނީ ނިންމާފަ.
ޚުލާސާ

ޔޫރަޕިއަން ޕާލިމަންޓުގެ ފަންޑު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ފުރާންސްގެ އިދިކޮޅު ލީޑަރަށް 5 އަހަރުވަންދެން އިންތިޚާބުތަކުގައި ވާދަ ނުކުރެވޭނެ ގޮތަށް ހުކުމް ކޮށްފި.

ފަރަންސޭސި ވިލާތުގެ އިދިކޮޅު ޕާޓީގެ ލީޑަރު މެރީން ލެ ޕެންއަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް އިންތިޚާބުތަކުގައި ވާދަކުރުން މަނާކޮށް، 4 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްޔެ އިއްވައިފިއެވެ. އެހެންނަމަވެސް އޭނާ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމުގެ ބަދަލުގައި، ޙުކުމުން 2 އަހަރު ސަސްޕެންޑް ކޮށްފައިވާއިރު، ބާކީ 2 އަހަރު ހޭދަކުރަންޖެހޭނީ އިލެކްޓްރޯނިކް ޓެގު އަޅުވައިގެންނެވެ.

ޑިމޮކްރަސީ އޭ ބުނެ ހުޅަނގުން އެންމެ އަޑު ހަރުކޮށް ގޮވާއިރު، މެކްރޮންގެ ސަރުކާރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރަށާއި ލީދާޝިޕްގައި ހިމެނޭ މުހިންމު ފަރާތަތްކަށް ކޮށްފައިވާ މި ޙުކުމާއި ގުޅިގެން 2027 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ އަށާއި އެޕާޓީގެ މުހިންމު ފަރާތްތަކަށް ވެސް ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެއެވެ.

Advertisement

Advertisement 1

ފްރާންސްގެ ނީސްގައި 2017 ވަނަ އަހަރު އޮތް ކެޕްމޭނު އިވެންޓެއްގައި ލެ ޕެން ސަޕޯޓަރުންނާއި ބައްދަލުކޮށް ވާހަކަދައްކަވަނީ: ފްރާންސްގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަށް 2027 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދޮރު ބަންދުކިރަން އެގައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.

ރެލީއެއްގައި ފަރަންސޭސި ނެޝަނަލް ރެލީ ޕާޓީގެ ލީޑަރު އާއި އެޕާޓީގެ އިތުރު 8 އޮފިޝަލަކު މި މައްސަލައިގައި ކުށްވެރިވެފައިވެއެވެ. މި މައްސަލައަކީ ޔޫރަޕިއަން ޕާލިމަންޓުގެ 2.9 މިލިއަން ޔޫރޯ (3.1 މިލިއަން ޑޮލަރު)ގެ ފަންޑު ނަހަމަ ގޮތުގައި ބޭނުންކޮށް، ޚިޔާނާތްތެރިވެފައިވާތީވެ އިއްވާފައިވާ ޖަލު ހުކުމެއް ކަމަށް އެ ޤައުމުގެ ކޯޓުން ބުނެއެވެ..

ތިންފަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ލެ ޕެން ވަނީ އޭނާއަށް ކުރި ހުކުމަކީ ސީދާ އިންތިހާބުގައި ވާދަކުރެވޭނެ ދޮރު ބަންދު ކުރުމަށްޓަކައި ކުރި ސިޔާސީ ހުކުމެއް ކަމަށް ބުނެފައެވެ.

ފަރަންސޭސި އާބާދީގެ 30-35 އިންސައްތަ މީހުން އޭނާއަށް ތާއީދުކުރާ ކަމަށް ބެލެވޭއިރު، އޭނާއަކީ އިމިގްރޭޝަނާއި އިޤްތިޞާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައީސް އެމެނުއެލް މެކްރޯންގެ ސަރުކާރާއި އެންމެ ވަރުގަދައަށް ދެކޮޅުހަދާ އިދިކޮޅު ލީޑަރެވެ.

މުޙައްލިލުން ބުނާ ގޮތުގައި އޭނާއަށް އިންތިޚާބުތަކުގައި ވާދަކުރުން މަނާކުރުމަކީ މެކްރޯންގެ އެންމެ ބޮޑު ސިޔާސީ ނުރައްކަލެއް ނައްތާލުމެވެ.

ފްރާންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

15 ދުވަސް ކުރިން - 05:26

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

16 ދުވަސް ކުރިން - 03:18

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

17 ދުވަސް ކުރިން - 18:47

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް, ވާދަކުރަންޖެހޭނީ މޮރޮކޯއާ

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް

20 ދުވަސް ކުރިން - 08:23