Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑްރޯން ޝޯއަކާއެކު މިރޭ ހަވާ އަރުވަނީ

ޑްރޯން ޝޯއަކާއެކު މިރޭ ހަވާ އަރުވަނީ

ހުސައިން އިސްމާއިލް
428 ދުވަސް ކުރިން - 30 މާޗް 2025 14:28
ހުޅުމާލޭގައި މީގެ ކުރިން އޮތް ހަވާއެރުވުމެއްގެތެރެއިން: ފިޠުރު ޢީދުގެ މުނާސަބަތުގައި މިރޭ ވެސް ހުޅުމާލޭގައި ހަވާ އެރުވުމުގެ އިވެންޓެއް ބާއްވާނެ.
ހުޅުމާލޭގައި މީގެ ކުރިން އޮތް ހަވާއެރުވުމެއްގެތެރެއިން: ފިޠުރު ޢީދުގެ މުނާސަބަތުގައި މިރޭ ވެސް ހުޅުމާލޭގައި ހަވާ އެރުވުމުގެ އިވެންޓެއް ބާއްވާނެ.
ޚުލާސާ

ޑްރޯން ޝޯވ އޮތީ މިރޭ 8:30 ގައި. ހަވާ އަރުވާނީ 9:00 ގައި. މިއަދު ހަވީރު މަންފާ ޖަމިއްޔާއިން ހާއްސަ ފެސްޓިވަލެއްވެސް ސެންޓްރަލް ޕާކުގައި އޮވޭ.

ފިތުރު އީދު ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީގެ އެސިސްޓެންޓް މެނޭޖަރ، ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސިރާޖު ވިދާޅުވި ގޮތުގައި މިއަދު ހަވީރު 4:00 އިން 5:45 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އީދު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލަކީ އެޗްޑީސީ އާއި މަންފާ ޖަމްޢިއްޔާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Advertisement

Advertisement

މީގެ އިތުރުން، މިރޭ 8:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއެއް ބޭއްވުމަށްފަހު، 9:00 ގައި ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް ވެސް ސިރާޖު ހާމަކުރެއްވިއެވެ.

އީދާއި ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް އީދު ލައިޓްތައް ހަރުކޮށް، ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތަކާއެކު ލައިޓްތައް ވަނީ ދިއްލާލާފައެވެ. މީގެ އިތުރުން، މިއަދު ހެނދުނު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރެވުނެވެ.

އެޗްޑީސީން ވަނީ އީދުގެ ތެރޭގައި ބައިބަލާ މުބާރާތެއް ބޭއްވުމަށްވެސް ރާވާފައެވެ. އަދި ސަލާމަތީ ބާރުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބާއްވާ "އީދު ހަވީރު 1446" ގައިވެސް އެޗްޑީސީން ބައިވެރިވާނެއެވެ.

އެޗްޑީސީން ބުނީ އެޗްޑީސީގެ ސްޓޯލުގައި ބައުންސީ ކާސްލްއަކާއި ކުދިންގެ ހުނަރު ދައްކާލެވޭނެ ގޮތަށް އީދު ކާޑު ތައްޔާރުކުރުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. މީގެ އިތުރުން، ޓްރެފިކް ގަވާއިދުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށް މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.

އެޗްޑީސީން މި ހުރިހާ ހަރަކާތްތަކެއް ރާވާފައިވަނީ މުޖުތަމަޢުގެ އެއްބައިވަންތަކަން ދައްކުވައިދޭ ގޮތަށް، ވީހާވެސް ގިނަ އާއިލާތަކަށް ބައިވެރިވެވޭނެ ގޮތަށެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެޗްޑީސީން ވަނީ އާންމުންނަށް ދަޢުވަތު ދީފައެވެ.

ޢީދުފިތުރު ޢީދުއެޗްޑީސީ

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

5 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

8 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

15 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

17 ގަޑިއިރު ކުރިން - 11:51

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

18 ގަޑިއިރު ކުރިން - 10:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%