ޢީދު ރަމްޒުކޮށްދެނީ އިންސާނީ އެއްބައިވަންތަކަން: ޢީދު ޚުޠުބާ

އުސްތާޛް މުޙައްމަދު ޢަލީ | 112 ދުވަސް ކުރިން - 30 މާރިޗް 2025 12:46
މާލޭގައި މިއަދު ބޮޑު ޖަމާޢަތުގައި ކުރި ޢީދުނަމާދުގެތެރެއިން / ފޮޓޯ: ޕީއެސްއެމް
މާލޭގައި މިއަދު ބޮޑު ޖަމާޢަތުގައި ކުރި ޢީދުނަމާދުގެތެރެއިން / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ޢީދު ނަމާދުގެ ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާއި ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބޭ.

ޢީދު ރަމްޒުކޮށްދެނީ ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުން ކަމަށް މިއަދުގެ ޢީދު ނަމާދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ޢީދު ނަމާދުގެ ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި މިއީ އިސްލާމީ އުޚުއްވަތްތެރިކަމާއި ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރެވޭ މުހިންމު ވަގުތެކެވެ.

"ޢީދު ދުވަހު އުފާފާޅުކުރަންވީ ހަމައެކަނި ތަނަވަސް މީހުން އެކަނި ނޫނެވެ. ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެންނެވެ،" ޚަތީބު ވިދާޅުވިއެވެ.

ފިޠުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ ފަޤީރުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބުމަށްޓަކައެވެ. އަދި އިސްލާމީ ޢީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއްކަމަށްވެސް ވިދާޅުވިއެވެ.

ޢީދު ދުވަހު ހިނައިގަތުމާއި، އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ހުވަނދުލުމާއި މީރުވަސްދުވާ އެއްޗެހި ބޭނުންކުރުމަކީ އިސްލާމީ ރިވެތި އަދަބެއްކަމަށް ހަނދާން ކޮށްދެއްވިއެވެ.

މިއަދު މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިޔަށްގެންދިޔައިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ޙުސައިން މުޙައްމަދު ލަތީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%