Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީދުގެ ފުރަތަމަ ދުވަސް؛ އީދު ހަވީރަށް ބޮޑު ތަރުހީބެއް

އީދުގެ ފުރަތަމަ ދުވަސް؛ އީދު ހަވީރަށް ބޮޑު ތަރުހީބެއް

އައިޝަތު ރުވާ ރިފްޢަތު
163 ދުވަސް ކުރިން - 20 މާޗް 2026 21:01
މިއަދު ކުރިއަށްދިޔަ އީދުގެ ހަރަކާތްތަކުގެ ތެރެއިން---
މިއަދު ކުރިއަށްދިޔަ އީދުގެ ހަރަކާތްތަކުގެ ތެރެއިން---
ޚުލާސާ

އީދުގެ ތިން ދުވަހުވެސް ހަވީރު 16:00 އިން 18:00 އަށް މި ހަރަކާތްތައް ކުރިއަށްދާނެ.

ފިތުރު އީދުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި މިއަދު ބޭއްވި އީދު ހަވީރުގެ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ މި ހަރަކާތްތަކަކީ އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ސަރުކާރާއި ކުންފުނިތަކުން ގުޅިގެން އިންތިޒާމުކުރި ހަރަކާތްތަކެކެވެ.

މި އަހަރުގެ އީދު ހަވީރު އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމެނޭ ގޮތަށެވެ. މިގޮތުން، މި ހަރަކާތުގައި ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކުޅިވަރުތައް ވަނީ ހިމަނާފައެވެ. އަދި ބައެއް ސްޓޯލްތަކުން ރާއްޖޭގެ އިހުގެ ސަގާފަތާއި، ކުރީގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުމުގެ އިތުރުން، ޒަމާނީ ކެރެކްޓަރތައް ފިއުޝަން ގޮތަކަށް ވަނީ ހުށަހަޅައިދީފައެވެ.

މި ހަރަކާތްތައް މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކުރިއަށްދާނެ އެވެ. އެގޮތުން ހުޅުމާލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މި ފެސްޓިވަލް ބާއްވަނީ ކުޑަކުދިންގެ މެދުގައި މަގުބޫލު "ޒޫޓޯޕިއާ" ތީމަށެވެ. މީގެ އިތުރުން ހުޅުމާލެ ހިޔާ ފާކް އަދި ސެންޓްރަލް ޕާކުގައިވެސް އީދު ހަރަކާތްތައް ކުރިއަށްދެ އެވެ.

Advertisement

Advertisement 1

މާލޭގައި މި ހަރަކާތްތައް ކުރިއަށްދަނީ ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރޭގައި ކުރިއަށްދާ ހަރަކާތްތައްވެސް ހިމެނެ އެވެ. އަދި މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައިވެސް އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ އީދު ދުވަހާއި އެއަށް ވިދިގެން އަންނަ ދެ ދުވަހުއެވެ. މި ތިން ދުވަހުވެސް ހަވީރު 16:00 އިން 18:00 އަށް މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދެ އެވެ.

ފިތުރު ޢީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސްގެ އީދުގެ ތަހުނިޔާ

163 ދުވަސް ކުރިން - 20:58

އެމްއޭސީއެލްގެ އީދު ހަވީރުގެ ކުޅިވަރުތައް މި ފަހަރު އޮތީ ޒޫޓޯޕިއާ ތީމަށް

އެމްއޭސީއެލްގެ އީދު ހަވީރުގެ ކުޅިވަރުތަކުގެ ތީމްއަކީ ޒޫޓޯޕިއާ

164 ދުވަސް ކުރިން - 13:37

ޣައްޒާގެ ރައްޔިތުން މިއަހަރުގެ ފިތުރު އީދު ފާހަގަކުރަމުންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރޭގައި

ޣައްޒާގެ ރައްޔިތުން ފިތުރުއީދު ފާހަގަކުރަމުންދަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައި

164 ދުވަސް ކުރިން - 09:04

ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް އީދު ހުތުބާގައި ގޮވާލައިފި

ހަސަދަވެރިކަމުން ދުރުހެލިވެ އެކުވެރިވުމަށް އީދު ހުތުބާގައި ގޮވާލައިފި

164 ދުވަސް ކުރިން - 07:25

މާދަމައަކީ ފިތުރު އީދު ދުވަސް: އެންމެހާ މުސްލިމުންނަށް އީދު މުބާރަކް!

އެންމެހާ މުސްލިމުންނަށް އީދު މުބާރަކް!

164 ދުވަސް ކުރިން - 22:35

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

164 ދުވަސް ކުރިން - 22:18