Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް އީދު ހުތުބާގައި ގޮވާލައިފި

ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް އީދު ހުތުބާގައި ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު
162 ދުވަސް ކުރިން - 20 މާޗް 2026 07:25
ބަޔަކު އީދު ނަމާދަށް ދިޔުމުގެ މަގުމަތީގައި. / ފޮޓޯ: ޚުލާސާ
ބަޔަކު އީދު ނަމާދަށް ދިޔުމުގެ މަގުމަތީގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެކަކު އަނެކަކަށް ހަސަދަވެރިވުމާއި ބައިބައިވުން އުފެއްދުމުގެ ބަދަލުގައި، އެކުވެރިކަމާއެކު އުޅުމަށް ހުތުބާގައި ނަސޭހަތްތެރިވި.

މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި ފިތުރުއީދު ދުވަހުގެ އީދު ހުތުބާގައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ދަމަހައްޓައި، ހަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް ގޮވާލައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހެނދުނު ކުރެވުނު އީދު ނަމާދުގެ ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަދަކީ މާތް الله ދެއްވި ހިދާޔަތަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް، ތަކުބީރުގެ އަޑު އުފުލަންޖެހޭ އުފާވެރި ދުވަހެކެވެ. އީދުގެ މުނާސަބަތުގައި މުސްލިމުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުޑަކުދިންނާއި ބޮޑެތިމީހުން، އަދި ފަގީރުންނާއި މުއްސަނދިންގެ މެދުގައި އޮންނަ އަހުވަންތަކަން ދެއްކުމަކީ ދީނީ ގޮތުން ނުހަނު ބާރުއަޅާ ކަމެއްކަން ހުތުބާގައި ފާހަގަކުރި އެވެ.

ހުތުބާގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިޖުތިމާއީ ބަދަހިކަމަށެވެ. އެގޮތުން، އެކަކު އަނެކަކަށް ހަސަދަވެރިވުމާއި ބައިބައިވުން އުފެއްދުމުގެ ބަދަލުގައި، އެކުވެރިކަމާއެކު އުޅުމަށް ނަސޭހަތްތެރިވި އެވެ. އަދި ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް ބާރުއަޅަމުން، އެންމެ ފުރަތަމަ މާތް اللهގެ ހައްގުތައް އަދާކުރުމަށާއި، އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަށް އިރުޝާދު ދިނެވެ.

Advertisement

Advertisement 1

"ރަހިމުގެ ގުޅުން ދަމަހައްޓާ މީހާއީ، އޭނާއަށް ދޭ އެއްޗަކަށް ބަދަލުދޭ މީހާއެއް ނޫނެވެ. އެކަމަކު އެ ގުޅުން ދަމަހައްޓާ މީހާއީ އޭނާގެ ރަހިމުގެ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާ މީހާ އެވެ،" ކީރިތި ރަސޫލާގެ ހަދީޘްބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބަޔާންކުރި އެވެ.

މީގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުތަކުން ބޭރުނުވުމަށާއި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަ ނުދިނުމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ރަމަޟާން މަހަށްފަހުވެސް ނަމާދުތަކަށް ރައްކާތެރިވުމަށާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ހުތުބާގައި ބާރުއެޅި އެވެ.

ގައުމުގެ އަމާންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން، އިބްރާހީމްގެފާނު ކުރެއްވި ދުއާފުޅަށް އަލިއަޅުވާލައި، ރަށުގެ އަމާންކަމަކީ ކާބޯތަކެއްޗަށްވުރެވެސް މުހިންމު ނިއުމަތެއްކަން ހުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން، ގައުމުގެ ސުލްހަ މަސަލަސްކަމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއް ކަމުގައި ބަޔާންކުރި އެވެ.

ފިތުރު ޢީދުއީދު ހުތުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން 4 ސަރަހައްދެއްގައި

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން 4 ސަރަހައްދެއްގައި

100 ދުވަސް ކުރިން - 10:09

އީދުގެ ފުރަތަމަ ދުވަސް؛ އީދު ހަވީރަށް ބޮޑު ތަރުހީބެއް

ފުރަތަމަ ދުވަސް؛ އީދު ހަވީރަށް ބޮޑު ތަރުހީބެއް

161 ދުވަސް ކުރިން - 21:01

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސްގެ އީދުގެ ތަހުނިޔާ

161 ދުވަސް ކުރިން - 20:58

އެމްއޭސީއެލްގެ އީދު ހަވީރުގެ ކުޅިވަރުތައް މި ފަހަރު އޮތީ ޒޫޓޯޕިއާ ތީމަށް

އެމްއޭސީއެލްގެ އީދު ހަވީރުގެ ކުޅިވަރުތަކުގެ ތީމްއަކީ ޒޫޓޯޕިއާ

161 ދުވަސް ކުރިން - 13:37

ޣައްޒާގެ ރައްޔިތުން މިއަހަރުގެ ފިތުރު އީދު ފާހަގަކުރަމުންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރޭގައި

ޣައްޒާގެ ރައްޔިތުން ފިތުރުއީދު ފާހަގަކުރަމުންދަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައި

162 ދުވަސް ކުރިން - 09:04

މާދަމައަކީ ފިތުރު އީދު ދުވަސް: އެންމެހާ މުސްލިމުންނަށް އީދު މުބާރަކް!

އެންމެހާ މުސްލިމުންނަށް އީދު މުބާރަކް!

162 ދުވަސް ކުރިން - 22:35