Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި

އައިޝަތު ރުވާ ރިފްޢަތު
163 ދުވަސް ކުރިން - 20 މާޗް 2026 20:58
ރައީސް ޑރ. މުހައްމަދު މުއިއްޒު. / ފޮޓޮ ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު. / ފޮޓޮ ރައީސް އޮފީސް
ޚުލާސާ

މެސެޖުގައި އީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން އާއިލީ ގުޅުންތަކާއި އަވައްޓެރިންނާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައި.

1447 ވަނަ އަހަރުގެ ބަރަކާތްތެރި ފިތުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށާއި، ބައިނަލްއަގުވާމީ އިސްލާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި މި ތަހުނިޔާގެ މެސެޖުތަކަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ފޮނުއްވި މެސެޖުތަކެކެވެ. މި މެސެޖުތައް ފޮނުއްވާފައިވަނީ އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް އަމާޒުކުރައްވަ އެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުތަކުގައި، އީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން އާއިލީ ގުޅުންތަކާއި އަވައްޓެރިންނާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފައިވެ އެވެ. އަދި މި ބަރަކާތްތެރި ދުވަހަކީ އީމާންކަން ހަރުދަނާވެ، ﷲގެ ރަހުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތައް ނިންމަވާލައްވާފައިވަނީ، މި އަހަރުގެ ފިތުރު އީދަކީ މުސްލިމު މުޖްތަމައުތަކުގައި އޮންނަ އަހްވަންތަކަމުގެ ރޫޙު އިތުރަށް ވަރުގަދަވެ، އިސްލާމީ އުންމަތަށް ހެޔޮ ރަހްމަތްލައްވާނެ އީދަކަށް ވުމަށް އެދިވަޑައިގަންނަވަމުންނެވެ.

މިއީ ކޮންމެ އަހަރަކުވެސް އީދުގެ މުނާސަބަތުގައި ދިވެހިރާއްޖެއާއި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ރައީސް ކުރައްވަމުން ގެންދަވާ ކަމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްފިތުރު ޢީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

1 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

1 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

1 ގަޑިއިރު ކުރިން - 16:42

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 15:43

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

3 ގަޑިއިރު ކުރިން - 15:12

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

3 ގަޑިއިރު ކުރިން - 14:46