Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތައިލެންޑަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސައިފި

ތައިލެންޑަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސައިފި

ހުސައިން އިސްމާއިލް
440 ދުވަސް ކުރިން - 28 މާޗް 2025 18:43
އުރީދޫ ހެޑް އޮފީސް: މިރޭ 12:00 ޖަހަންދެން ހިލޭ އުރީދޫ ކަސްޓަމަރުންނަށް ތައިލެންޑަށް ގުޅޭނެ.
އުރީދޫ ހެޑް އޮފީސް: މިރޭ 12:00 ޖަހަންދެން ހިލޭ އުރީދޫ ކަސްޓަމަރުންނަށް ތައިލެންޑަށް ގުޅޭނެ.
ޚުލާސާ

އުރީދޫއިން ބުނެފައިވަނީ މިރޭ މެންދަމު 12:00 ޖަހަންދެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ތައިލެންޑުގައި ތިބި އާއިލާއާއި ރައްޓެހިންގެ ހާލު ބަލަން ފަސޭހަވާނެ ކަމަށް އުންމީދުކުރާ ކަމަށް.

މިއަދު ސެންޓްރަލް މިޔަންމާއަށް އައި ބޮޑު ބިންހެލުމުގެ އަސަރު ތައިލެންޑަށް ކޮށްފައިވާތީ، އުރީދޫ ކަސްޓަމަރުންނަށް އެ ގައުމަށް މިރޭ 12:00 ޖަހަންދެން ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނެފައިވަނީ މިރޭ މެންދަމު 12:00 ޖަހަންދެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ތައިލެންޑުގައި ތިބި އާއިލާއާއި ރައްޓެހިންގެ ހާލު ބަލަން ފަސޭހަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"މިއަދު ތައިލޭންޑަށް އައި ބިންހެލުމާ ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ވަނީ ހަމަޖެހިފައި. މިވަގުތުގައި އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަން،" އުރީދޫއިން ބުންޏެވެ.

Advertisement

Advertisement 1

މިއަދު ހެނދުނު ސެންޓްރަލް މިޔަންމާއަށް އައި ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ.

ބިންހެލުމާ ގުޅިގެން ތައިލެންޑުގެ އިތުރުން މިޔަންމާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. އަދި މިޔަންމާގެ ބޯޑަރުގައި އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓީވީތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ބިންހެލުމުގެ އަސަރު ގިނަ އަދަދެއްގެ ދިވެހިން އުޅޭ ތައިލެންޑަށް ވެސް ކޮށްފައިވާތީ، އުރީދޫއިން މި ޚާއްޞަ އިންތިޒާމު ހަމަޖައްސާފައިވަނީ އެ ގައުމުގައި ތިބި ދިވެހިންގެ ޢާއިލާތަކަށް ފަސޭހަވާނެ ގޮތަށެވެ.

އުރީދޫ
Ad
Ad

ގުޅޭ ޚަބަރުތައް

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

އާފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ނުރުހުން އޫރީދޫއާ ދިރާގަށް

102 ދުވަސް ކުރިން - 21:55

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

130 ދުވަސް ކުރިން - 14:16

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އެމްއެންޑީއެފަށް ކަނޑުއަޑީގެ ހާއްސަ އިކްއިޕްމަންޓްތަކެއް އުރީދޫން ހަދިޔާކޮށްފި

135 ދުވަސް ކުރިން - 23:26

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

195 ދުވަސް ކުރިން - 17:07

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

246 ދުވަސް ކުރިން - 18:28

އުރީދޫ މަސްރޭސް ފަށަން ތައްޔާރުވެއްޖެ!

އުރީދޫ މަސްރޭސް ފަށަން ތައްޔާރުވެއްޖެ!

293 ދުވަސް ކުރިން - 11:16

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%