Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝަމްޢާންގެ އިސްތިއުނާފް ބަލައިގަނެވޭނެފަދަ ޤާނޫނީ ޙާލަތެއްނެތް: ހައިކޯޓް

ޝަމްޢާންގެ އިސްތިއުނާފް ބަލައިގަނެވޭނެފަދަ ޤާނޫނީ ޙާލަތެއްނެތް: ހައިކޯޓް

އުސްތާޛް މުޙައްމަދު ޢަލީ
434 ދުވަސް ކުރިން - 28 މާޗް 2025 18:30
ޝަމްޢާން: އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރާއިރު ހައިކޯޓުން ވަނީ މުއްދަތު ބަންދުގެ އިސްތިައުނާފް ބަލައިނުގަންނަން ނިންމާފައި.
ޝަމްޢާން: އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރާއިރު ހައިކޯޓުން ވަނީ މުއްދަތު ބަންދުގެ އިސްތިައުނާފް ބަލައިނުގަންނަން ނިންމާފައި.
ޚުލާސާ

އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަޤާމުގައި ކުރިން ހުރި މުޙައްމަދު ޝަމްއާން ވަޙީދަށް ކުރާ ކޮރަޕްޝަން ތުހުމަތުގެ ތަހުގީގުގެ ބަންދު މުއްދަތު އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި

މާޗު 21 ގައި އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަޤާމުން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފައިސާއާއި ގުޅޭ މައްސަލައެއްގައި ހައްޔަރުކުރެވުނު ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަޤާމާ މިވަގުތު ޙަވާލުވެ ހުންނެވި އެ ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާ ޙުސައިން މުޙައްމަދު ޙަނީފް ވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކްރިމިނަލް ކޯޓުން ޖަހާފައިވާ މުއްދަތާއި ގުޅިގެން އެ މައްސަލައިގައި ގޯސްކޮށް ކަމެއް ހިނގާފައިވާކަމަށް ނުފެންނާތީ މައްސަލަ ބަލައިނުގަނެވޭނެކަން އަންގާފައެވެ.

ޝަމްއާންގެ ފަރާތުން ވަނީ މުޅި މައްސަލައިގެ ތަޙުޤީޤު ޤާނޫނާ ޚިލާފުވާނެ ކަމަށާއި، އެ ތަޙުޤީޤާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުވާނެ ކަމަށް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައެވެ. ނަމަވެސް، އެ ކަން ސާބިތު ކުރުމަށް ޤާނޫނީ އަސާސެއް ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement 1

ޝަމްއާން އަދި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530,000 ރުފިޔާ ނެގި މައްސަލައެވެ. ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނަގާފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންނެވެ. އަދި އެ ފައިސާ ހިފައިގެން އެ މުވައްޒަފުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިމިގްރޭޝަންހައިކޯޓުޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

31 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

39 ދުވަސް ކުރިން - 13:57

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

46 ދުވަސް ކުރިން - 22:36

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

71 ދުވަސް ކުރިން - 20:04

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައި ނުގަތް!

72 ދުވަސް ކުރިން - 21:20

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

84 ދުވަސް ކުރިން - 17:30