Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލަސީމިއާ ސެންޓަރު އޯގާތެރި ތަނަކަށް ހެދުމަށް ރައީސް އަޒުމު ކަނޑައަޅުއްވައިފި

ތެލަސީމިއާ ސެންޓަރު އޯގާތެރި ތަނަކަށް ހެދުމަށް ރައީސް އަޒުމު ކަނޑައަޅުއްވައިފި

އައިޝަތު ރުވާ ރިފްޢަތު
432 ދުވަސް ކުރިން - 27 މާޗް 2025 14:41
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމާ ގުޅިގެން، ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް ހިލޭ ބަސްދަތުރު ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވި.

ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި، އެ ސެންޓަރު ހިންގުމަށް ޚާއްޞަ ވަކި ފަރާތެއް ޢައްޔަނުކުރެއްވުމާއި، ބައެއް މުވައްޒަފުން ބަދަލުކުރެއްވުމާއި، ފަސް އައު ނަރުހުން ނެގުމަށް އިޢުލާންކުރެއްވުން ހިމެނޭކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ ތެރޭގައި ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

އެގޮތުން މިހާރު ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" ގެ މަސައްކަތް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށާއި މި މަސައްކަތް 1 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމާ ގުޅިގެން، ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް، އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ދެއްވިއެވެ.

މީގެއިތުރުން، ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެއްކަމަށާއި، މި މަސައްކަތުގެ އަމަލީ މަސައްކަތްފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕޮޑްކާސްޓް

Advertisement

Advertisement

ގުޅޭ ޚަބަރުތައް

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

43 މިނެޓު ކުރިން - 14:41

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

5 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

16 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

18 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

1 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%