Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަނގުރާމަ ހުއްޓާލުމަށް އައު ހުށަހެޅުމެއް، ހަމާސްއާއި އެމެރިކާ ތާއީދު

ހަނގުރާމަ ހުއްޓާލުމަށް އައު ހުށަހެޅުމެއް، ހަމާސްއާއި އެމެރިކާ ތާއީދު

ޖަވާދު
533 ދުވަސް ކުރިން - 25 މާޗް 2025 14:51
އިސްރާއީލްގެ ޓޭންކަރުތަކެއް: ހަނގުރާމަ ހުއްޓާލުމަށް މިޞްރުން ވަނީ އައު ހުށަހެޅުމެއް ހުށަހަޅާފަ.
އިސްރާއީލްގެ ޓޭންކަރުތަކެއް: ހަނގުރާމަ ހުއްޓާލުމަށް މިޞްރުން ވަނީ އައު ހުށަހެޅުމެއް ހުށަހަޅާފަ.
ޚުލާސާ

މިޞްރުން ހުށަހެޅީ ކޮންމެ ހަފުތާއަކު ހަމާސްއިން ފަސް ރަހީނުން މިނިވަން ކުރުން. އަދި ދެވަނަ ހަފުތާގައި ކުރީގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް ޢަމަލުކުރަން ފެށުން.

ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ހުއްޓުވުމަށް މިޞްރުން އައު ހުށަހެޅުމެއް ހުށަހެޅުމުން އެކަމަށް ހަމާސް އާއި އެމެރިކާ ތާއީދު ކޮށްފިއެވެ.

މާރިޗު 18 ގައި ޔަހޫދީން އަލުން ފެށި ޢުދުވާނީ ޙަމަލާތަކުގައި 700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 400 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

މިޞްރުގެ ހުށަހެޅުމުގައި ހިމެނެނީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ފަސް މީހަކު މިނިވަން ކުރުމެވެ. އަދި ދެވަނަ ހަފުތާގައި ކުރީގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް ޢަމަލުކުރަން ފެށުމެވެ. މި މަރުޙަލާގެ ދަށުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓައިލައި، ޔަހޫދީ ފައުޖު އެ ސަރަޙައްދުން ފައިބަން ޖެހޭނެއެވެ.

Advertisement

Advertisement 1

59 އަސީރުން އަދިވެސް ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބެލެވެއެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ މަރުވެފައެވެ. ދިރިތިބީ 24 މީހުން ކަމަށް ވެއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި ކަމަށް ބެލެވޭ އަސީރުންނާއިގުޅޭ: ދިރިތިބީ 24 އަސީރުން. ދެން ތިބީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން މަރުވި 35 މީހުންގެ ހަށިގަނޑު ކަމަށް ހަމާސް އާއި ޙަވާލާދީ ޚަބަރުތައް ބުނޭ.

ކޮންމެ ހަފްތާއަކުވެސް ފަސް ރަހީނުން ދޫލޮށްލުމަށް މިޞްރުން ހުށަހެޅި އެއްބަސްވުމަށް ހަމާސް އާއި އެމެރިކާއިން ރުހުނަސް އަދި އިސްރާއީލުން މިކަމުގައި އެއްޗެއް ނުބުނެއެވެ.

ހަމާސްއާއި އިސްރާއީލާއި ދެމެދު މީގެ ކުރިންވެސް މިޞްރު މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ކަމުގައި ވިޔަސް ޔަހޫދީން ވަނީ އެފަހަރު ވެސް އެއްބަސްވުމާއި ޚިލާފު ވެފައެވެ.

ހަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާއިން މިހާރު ވެސް ބައިލައްކައަށްވިރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ފަލަސްތީނު އޮތޯރިޓީން ދަނީ ބާރުތައް ދޫކޮށްލުމަށް ހަމާސް އަށް ގޮވާލަމުންނެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސްއިން ބާރުތައް ދޫކޮށްލައިފިނަމަ ޣައްޒާ ވެގެންދާނީ ޔަހޫދީންގެ ތަނަކަށެވެ.

ޙަމާސްމިޞްރުއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

8 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

21 ދުވަސް ކުރިން - 19:36