ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ނަމަވެސް ލައިބްރަރީ ހުރީ ނެތިވެ ގޮސްފައި ކަމަށެވެ.
ލައިބްރަރީ ނެތި 10 ވަރަކަށް އަހަރު ފާއިތުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެ ކަމަށެވެ.
މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ނިމެމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު ހުރިހައި އިސްލާމިކް ސެންޓަރެއްގައި ލައިބްރަރީ ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.









