މަޤާމުން ދުރުކުރެވުނު ދެކުނުކޮރެއާގެ ވަގުތީ ރައީސް ރައީސް ހާން ދޮކް-ސޫ މަޤާމަށް އަނބުރާ ގެނެސްފި

ޖަވާދު | 251 ދުވަސް ކުރިން - 24 މާރިޗް 2025 13:06
ހާން ދޮކް-ސޫ
ހާން ދޮކް-ސޫ
ޚުލާސާ

ދެކުނު ކޮރެޔާގެ ރައީސް ކަމުގެ މަޤާމާ ހަން ވަގުތީ ގޮތުން ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ، އެ މަޤާމުގައި ހުންނެވި ޔޫން ސުކް ޔޯލް މަޤާމުން ދުރުކުރުމާ ގުޅިގެންނެވެ

ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން, މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ހާން ދޮކް-ސޫ، ވަގުތީ ރައީސްކަމުގެ މަޤާމަށް އަލުން ރުޖޫޢަކުރުމަށް ޙުކުމްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އޭނާއާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ދަޢުވާ ބާޠިލުކުރުމަށްފަހުގައެވެ.

ހާން ވަގުތީ ރައީސްކަމުގެ މަޤާމާއި ޙަވާލުވެފައިވަނީ ކުރީގެ ރައީސް ޔޫން ސުކް ޔޯލް މަޤާމުން ދުރުކުރުމާއި ގުޅިގެންނެވެ.

ޔޫން މަޤާމުން ދުރުކޮށްފައިވަނީ މަޤާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބަޣާވާތެއް ކުރުމަށް މަސައްކަތްކުރި ކަމުގެ ދަޢުވާ ސާބިތުވުމާއި ގުޅިގެންނެވެ.

ހާން މަޤާމަށް އަނބުރާ ގެނައުމާއި ގުޅިގެން ޓީވީ މެދުވެރިކޮށް ޤައުމާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، "އަޅުގަނޑު ޤަބޫލުކުރަނީ ހުރިހާ ރައްޔިތުންގެ އަޑު ވަރަށް ސާފުހެން، އެއް އަޑެއްގައި އެ މީހުން ގޮވައިލަމުން އެ ދަނީ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެންނަން ޖެހޭ ކަން" ކަމަށެވެ. އަދި ކޯޓުގެ ނިންމުމަކީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށް ސިފަކުރައްވައި، މަޤާމުން ދުރުކޮށްފައި ހުރި މުއްދަތުގައި ކެބިނެޓުން ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ދެކުނު ކޮރެއާގެ ސިޔާސީ މަޝްރަޙު މިހާރު އޮތީ ވަރަށް ހަލަބޮލި ހާލަތެއްގައެވެ. މި ހަލަބޮލިކަން ފެށިގެން ދިޔައީ 2024 ވަނަ އަހަރުގެ ޑިސެންބަރު 3 ވަނަ ދުވަހު ރައީސް ޔޫން ކުއްލި ހާލަތު އިޢުލާނުކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން ޤާނޫނު ހަދާ މަޖިލީހުން ވަނީ ޔޫން މަޤާމުން ދުރުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%