Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަޝިއާއިން ޔުކްރޭނުގެ ވެރިރަށަށް ހަމަލާދީ އިތުރު ބަޔަކު މަރާލައިފި

ރަޝިއާއިން ޔުކްރޭނުގެ ވެރިރަށަށް ހަމަލާދީ އިތުރު ބަޔަކު މަރާލައިފި

ޖަވާދު
488 ދުވަސް ކުރިން - 24 މާޗް 2025 11:15
އިއްޔެ ރަޝިއާއިން ދިން ޑްރޯން ހަމަލާއެއް އެޕާޓްމަންޓް ބިލްޑިންގ އަކަށް އަމާޒުވެފައި: މި ހަމަލާގައި 7 މީހުން މަރުވި / ފޮޓޯ: ރޮއިޓާސް.
އިއްޔެ ރަޝިއާއިން ދިން ޑްރޯން ހަމަލާއެއް އެޕާޓްމަންޓް ބިލްޑިންގ އަކަށް އަމާޒުވެފައި: މި ހަމަލާގައި 7 މީހުން މަރުވި / ފޮޓޯ: ރޮއިޓާސް.
ޚުލާސާ

މި ހަނހުރާމައިގައި މިހާތަނަށް ތިންލައްކައެއްހާ މީހުން މަރުވެއްޖެ ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނޭ.

ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް އިންކާރުކޮށް، ރަޝިއާއިން ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފި ކަމަށް ހަބަރުތައް ބުނެފިއެވެ.

އިއްޔެ ވެސް ރަޝިޔާގެ ބާރުތަކުން ވަނީ ޔުކްރެއިންގެ ވެރިރަށް ކީވްއަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި މަދުވެގެން 7 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރޭގައި 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި އެ ކުއްޖާގެ ބައްޕަ ހިމެނެއެވެ.

މި ހަނގުރަމަ ހުއްޓުވުމަށް މި ދަނޑިވަޅުގައި ސަޢޫދީ ޢަރަބިއްޔާގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ދަނީ ކުރިޔަށެވެ. މި ގޮތުން އެމެރިކާ އާއި ޔުކްރެއިންގެ ވަފުދުތަކާއި ރަޝިޔާގެ ބައެއް މަންދޫބުންނާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރިޔްށް އެބަ ދެއެވެ. ނަމަވެސް، މި މަޝްވަރާތަކުގެ ތެރެއިންވެސް ޕޫޓިން ވަނީ ޔުކްރޭނުގެ ސަރުކާރުން ބޭނުންވާ ގޮތަށް އެތަނުގައި ހުޅަނގުގެ މަސްލަހަތު ހިމޢޔަތް ކޮށް ރަޝިއާއިން ގެއްލުންވާ ހުރިހާ ހުށަހެޅުންތަކަށް އިންކާރު ކުރައްވާފައެވެ.

Advertisement

Advertisement 1

ބްރިޓިޝް ބޮޑުވަޒީރު ކީރ ސްޓާމަރ ހުށަހަޅުއްވާފައި ވަނީ ޔުކްރެއިންއަށް ސުލްޙައިގެ ސިފައިން ފޮނުވުމަށެވެ. މިއީ ސީދާ ރަޝިއާއަށް ޖެއްސުން ކުރުމުގެ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށް ޕޫޓިން ޤަބޫލުކުރެއެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކުން، ޚާއްޞަކޮށް ފުރާންސުން ވެސް ބޭނުންވަނީ ޔުކްރޭނަށް ލަޝްކަރެއް ފޮނުވާށެވެ. ނަމަވެސް އެމެރިކާގެ މަންދޫބު މިކަމާއި އެއްބަހެއް ނުވެއެވެ.

އިއްޔެ ރަޝިއާއިން ހަމަލާތައް ވަރުގަދަކޮށްލާފައިވާއިރު، ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 280,000 އާއި 300,000 އާ ދެމެދުގައި ހުރެދާނެ ކަމަށް އެކި ފަރާތްތަކުން އަންދާޒާކުރާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި އަދަދުގެ ތެރޭގައި އާންމު ރައްޔިތުންނާއި ސިފައިން ހިމެނެއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނާ ގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށް 12,605 އާންމު ރައްޔިތުން މަރުވެފައިވެއެވެ. އެހެންނަމަވެސް، ޔުކްރެއިނުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 16,500 އާންމު ރައްޔިތުން މަރުވެފައިވެއެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ޔުކްރެއިން އަދި ރަޝިޔާގެ ސިފައިންގެ ތެރެއިން މަރުވެ އަދި ޒަޚަމްވި މީހުންގެ އަދަދު 500,000 އާ ގާތްކުރެއެވެ. އަދި ބްރިޓިޝްގެ ދިފާޢީ މިނިސްޓްރީން ބުނާ ގޮތުގައި ރަޝިޔާގެ ސިފައިންގެ ތެރެއިން މަރުވެ އަދި ޒަޚަމްވި މީހުންގެ އަދަދު 900,000 އާ ގާތްކުރެއެވެ. މީގެ ތެރެއިން 200,000 އާއި 250,000 އާ ދެމެދުގެ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ.

ނަމަވެސް މި މަޢުލޫމާތުތަކުގެ ޞައްޚަ ކަމެއް ކަށަވަރު ކުރާކަށް އެއްވެސް ބަޔަކްށް ނޭނގެއެވެ.

ރިޕޯތްތަކުން ބުނާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ސީދާ އަދަދު ހޯދުމަކީ ދަތި ކަމެކެވެ.

ރަޝިއާ - ޔުކްރޭން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

21 ދުވަސް ކުރިން - 23:10

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގެ ކުރީގައި

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

39 ދުވަސް ކުރިން - 15:10

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފި

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާދޭން އިނގިރޭސިވިލާތުން އަންގައިފި

91 ދުވަސް ކުރިން - 20:55

ޔޫރަޕަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި!

ޔޫރަޕަށް ޙަމަލާ ދޭންޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރުދީފި!

98 ދުވަސް ކުރިން - 19:07

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

107 ދުވަސް ކުރިން - 16:51

ޔުކްރޭނުގެ ޑްރޯންތައް ވައްޓާލަން އުޅުމުގެ ތެރޭގައި ރަޝިޔާގެ ތެޔޮ ރައްކާކުރާ މަރުކަޒެއް ގޮވައިފި

ރަޝިޔާގެ ތެޔޮ ރައްކާކުރާ މަރުކަޒެއް ގޮވައިފި

116 ދުވަސް ކުރިން - 21:00