އިސްރާއީލުން އިއްޔެ ލުބުނާނަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލުމާއެކު ލުބުނާން އަނެއްކާވެސް ހަނގުރާމައަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު އެޤައުމުން ދީފިއެވެ..
އިސްރާއީލްގެ މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ލުބުނާނަށް އިއްޔެ އިސްރާއީލުން ދިނީ ރައްދުގައި ޙަމަލާ އެކެވެ.
މިއީ ނޮވެމްބަރު 27 ގައި ހަނގުރާމަ ހުއްޓާލި ފަހުން ލުބުނާނާއި އިސްރާއީލާއި ދެމެދު ހިނގި އެންމެ ބޮޑު ހަމަލާއެވެ. ނަމަވެސް ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުން ބުނީ އެމީހުން އިސްރާއީލަށް ޙަމަލާއެއް ނުދޭ ކަމަށެވެ. އަދި އިސްރާއީލަށް ފޮނުވައިލި މި ރޮކެޓް ހަމަލާއާ އެ ޖަމާއަތުގެ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އިސްރާއީލުން މީގެ ކުރިން ވެސް ބުނެފައި ވަނީ ލުބުނާނު ސަރަހައްދުން އިސްރާއީލަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސީދާ ލުބުނާނު ސަރުކާރުންނެވެ.
ސަބަބަކީ އިސްރާއީލުން ބޭނުންވަނީ ކޮންމެވެސް އެއްޗެކޭ ކިޔައި ލުބުނާނުގެ ބިން ފޭރުމަށެވެ. އެހެންކަމުން އިސްރާއީލުން ލުބުނާނާއި ދެކޮޅަށް ހަނގުރާމަކުރަން ބޭނުމެވެ. ލުބުނާނުގެ ސަރުކާރާއި ދެކޮޅަށެވެ. ހިޒްބުﷲ އާއި ކުރިމަތިލާކަށް ނޫނެވެ. އިސްރާއީލުން ގިނިކަންޏާ ހިޒްބުﷲއާއި ކުރިމަތިލުމުގެ ހިއްވަރެއް އެމީހުންގެ ކިބައިގައި ނެތްކަން އޮތީ ސާބިތު ވެފައެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީގެ ރިޕޯޓުގައިވާ ގޮތުން އިސްރާއީލުން އިއްޔެ ދެކުނުގެ ޓޫލައިން ރަށަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ދެ މީހަކު ޝަހީދުވެފައި ވެއެވެ. މީގެ ކުރިން އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ލުބުނާނުން އިސްރާއީލުގެ އުތުރަށް ތިން ރޮކެޓް ހަމަލާ ދީފައިވާ ކަމަށާއި، މި ހުރިހާ ރޮކެޓެއްވެސް އަމާޒަށް ވާސިލްވުމުގެ ކުރިން ނައްތައިލެވުނު ކަމަށެވެ. ހަބަރުތައް ބުނާ ގޮތުގައި މިއީ ނޮވެމްބަރު މަހުން ފެށިގެން އެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް އެއަރ ރެއިޑް ސައިރަން އިއްވުނު ހާދިސާއެވެ.
މިކަމާއި ގުޅިގެން ހިޒްބުﷲއިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން ދެކުނު ލުބުނާނުން އިސްރާއީލުން ގަދަބާރުން ފަލަސްތީނުގައި ވެރިވެގެންފައިވާ ސަރަހައްދުތަކަށް ރޮކެޓް ފޮނުވާލުމުގައި އެ ޖަމާޢަތުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް. ބުނެފައި ވެއެވެ. އަދި އިސްރާއީލުން އެގޮތަށް އިލްޒާމް އަޅުވަނީ ލުބުނާނަށް ދެމުންދާ ހަމަލާތައް ދެމެހެއްޓުމަށް ބަހަނާތަކެއް ދެއްކުމަށް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ދުވަސްކޮޅެއް ވަންދެން އޮތް ހަމަޖެހުމަށްފަހު އަލުން "އާ ހަނގުރާމައަކަށް" ޤައުމު ވެއްޓިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވެސް ވިދާޅުވާ ގޮތުގައި އޭނާގެ ސަރުކާރަކުން ވެސް އިސްރާއީލަށް ޙަމަލާއެއް ނުދެއެވެ. އެހެންކަމުމް ރައްދުގައި ދިން ޙަމަލާއެކޭ ބުނެ އިސްރާއީލުން ދައްކާ ވާހަކަތަކުގައި ފޮރުވިފައިވާ ކޮންމެވެސް އެހެން ކަންތަކެއް އެބަ އުޅެއެވެ. މިއީ އދ. އިން ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.