މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލައިގައި، މާލޭގެ ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ކަނޑައަޅައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކުރުމަށާއި، އަނެއް މީހާ ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ








