ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ320 ގެ ދަތުރުތައް އައްޑު އަތޮޅު ގަމަށް އަންނަ މަހު އަލުން ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ މެއިންޓެނެންސްއަށް ފަހު އޭ320ގެ ބޯޓު އަނބުރާ ފްލީޓާއި މިހާރު ގުޅިފައިވާތީ، އެ ބޯޓުގެ ދަތުރުތައް އަންނަ މަހު 10 ގައި ގަމަށް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ދުވަހުން ފެށިގެން އޭ320ގެ ދަތުރުތައް ހަފުތާ އަކު ދެ ދުވަހު، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާލެއިން ގަަމަށް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އޭ320ގެ މަތިންދާބޯޓުގެ ދަތުރުތައް މީގެ ކުރިން ވެސް މާލެ އާއި ގަމާއި ދެމެދު ބޭއްވި އެވެ.
އެ ދަތުރުތައް އަލުން ފަށަނީ ޑިމާންޑު ބޮޑުވުމުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.









