Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޯޕް އައިލެންޑް އުތުރު ތިލަފަޅަށް ބަދަލުކޮށް ޚަރަދު ކުޑަކުރަނީ

ހޯޕް އައިލެންޑް އުތުރު ތިލަފަޅަށް ބަދަލުކޮށް ޚަރަދު ކުޑަކުރަނީ

ހުސައިން އިސްމާއިލް
487 ދުވަސް ކުރިން - 21 މާޗް 2025 20:54
މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ބޭސްފަރުވާއަށާއި ކޯޓަށް ހާޟިރުކުރުމަށް މާލެ އަށް ގެނައުން: ދ. ވާނީގައި “ހޯޕް އައިލެންޑް” ހިންގުމަކީ ޚަރަދު ބޮޑުވާނެ ކަމެއް.
މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ބޭސްފަރުވާއަށާއި ކޯޓަށް ހާޟިރުކުރުމަށް މާލެ އަށް ގެނައުން: ދ. ވާނީގައި “ހޯޕް އައިލެންޑް” ހިންގުމަކީ ޚަރަދު ބޮޑުވާނެ ކަމެއް.
ޚުލާސާ

ދ. ވާނީގައި މި މަސައްކަތް ކުރާނަމަ ކުރަންޖެހޭ ޚަރަދު އެތައް ގުނައެއް ބޮޑުވާނެ. ދާއިމީ ދަތުރުފަތުރަށް އެކަނި ބެލިކަމުގައި ވިޔަސް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހޭނެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ރޭވި "ހޯޕް އައިލެންޑް" މަޝްރޫޢު މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، މަޝްރޫޢުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ކަމަށް ސަރުކާރުން ބުންޏެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައީ ދ. ވާނީގައި މަޝްރޫޢު ހިންގުމަށް ހިނގާނެ ޚަރަދު ބޮޑުވާނެތީއެވެ. އުތުރު ތިލަފަޅަށް ބަދަލުކުރުމުން، މަޝްރޫޢުގެ ޚަރަދު ކުޑަކުރެވި، ހިންގުމުގައި ހުރި ގޮންޖެހުންތައް ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރެއްގައި، އުތުރު ތިލަފަޅުގައި ހިންގާ 4 މަޝްރޫޢުގެ ތެރޭގައި ހޯޕް އައިލެންޑް ހިމެނެއެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 55 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ހޯޕް އައިލެންޑަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު އަދި ތަރައްޤީކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

Advertisement

Advertisement 1

ސަރުކާރުން ބުނެފައިވާ ގޮތުގައި، ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެއެވެ. މީގެ އިތުރުން، އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއި، ވަކި މުއްދަތަކަށްފަހު އެ ކުދިން ބޭނުންވާ ދާއިރާތަކަށް ނިކުތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި މަޝްރޫޢަކީ ކުށްކުރުން މަދުކޮށް، ޒުވާނުންނަށް ރަނގަޅު މުސްތަޤުބަލެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ހޯޕްއައިލެންޑް ދ. ވާނީގައި ހަދާނަމަ ދަތުރުފަތުރު (ޚައްޞަކޮށް ތެލުގެ ޚަރަދު) ވަރަށް ބޮޑުވާނެއެވެ. ނަމަވެސް އުތުރު ތިލަފަޅަށް ބަދަލުކުރުމުން، މަޝްރޫޢު އަވަހަށް ފެށި، ދައުލަތުން ކުރާ ހޭދަ ކުޑަވެ ޒުވާނުންނަށް އޭގެ ފައިދާ އަވަހަށް ލިބެން ފަށާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓަރު އަލީ އިހުސާންހޯޕް އައިލެންޑްދ. ވާނީއުތުރު ތިލަފަޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

12 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

17 ގަޑިއިރު ކުރިން - 13:44

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

2 ދުވަސް ކުރިން - 12:41

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39