Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޭ ފެނުނީ ދެއަހަރުތެރޭ ފެނުނު އެންމެ ވަނދު ކުޅުން: ޕޯޗުގަލްގެ ކޯޗް

ރޭ ފެނުނީ ދެއަހަރުތެރޭ ފެނުނު އެންމެ ވަނދު ކުޅުން: ޕޯޗުގަލްގެ ކޯޗް

އުސްތާޛް މުޙައްމަދު ޢަލީ
491 ދުވަސް ކުރިން - 21 މާޗް 2025 14:20
ޕޯޗުގަލްގެ ކޯޗު ރޮބަޓޯ މާޓިނެޒް.
ޕޯޗުގަލްގެ ކޯޗު ރޮބަޓޯ މާޓިނެޒް.
ޚުލާސާ

ޑެންމާކު އަތުން ރޭ ޕޯޗުގަލް ބަލިވީ 0-1 ލަނޑުން. ޕޯޗުގަލަށް އާދީއްތަދުވަހު ދެވަނަ ލެގުގައި ކާމިޔާބު ހޯދައި، ސެމީ ފައިނަލަށް ދެވޭނީ މަދުވެގެން ދެ ގޯލުން.

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ޑެންމާކާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޕޯޗުގަލް ވަނީ 1-0 އިން ބަލިވެފައެވެ. މި މެޗަށް ފަހު ޕޯޗުގަލްގެ ކޯޗު ރޮބަޓޯ މާޓިނެޒް ވަނީ މިއީ ޕޯޗުގަލްގެ ޤައުމީ ޓީމުގެ ފަރާތުން ދެ އަހަރުގެ ތެރޭގައި ފެނުނު އެންމެ ދެރަ ކުޅުން ކަމަށް ބުނެފައެވެ.

ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕޯޗުގަލްގެ ޓީމަށް ވަނީ ގޯލު ޖެހުމުގައި ވަރަށް ބޮޑަށް އުނދަގޫވެފައެވެ. މެޗުގެ ފަހު ވަގުތުތަކުގައި ރަސްމުސް ހޯލަންޑް ޖެހި ގޯލުން ޑެންމާކަށް ވަނީ ލީޑު ލިބިފައެވެ.

މެޗުގައި ޑެންމާކުން ޖުމުލަ 23 ފަހަރު ގޯލަށް ޝޫޓު ކުރިއެވެ. އޭގެ ތެރެއިން 9 ޝޫޓު ދިޔައީ ގޯލާއި އަމާޒަށެވެ. ނަމަވެސް ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާގެ މޮޅު ކުޅުމުން އެ ބޯޅަތައް މަތަކުރިތަން ފެނުނެވެ.

Advertisement

Advertisement 1

މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ވެއިގާގެ އަތުގައި ބޯޅަ ޖެހުމުން ޑެންމާކަށް ޕެނަލްޓީ އެއްވެސް ލިބުނެވެ. އެއާއެކު ދެން ފެނުނީ ކެޕްޓަން ރޮނާލްޑޯ ކޮސްޓާއާއި ވާހަކަދެއްކި މަންޒަރެވެ. ދެން ފެނުނީ އެރިކްސަން ފޮނުވާލި ބޯޅަ ޑިއޭގޯ ކޮސްޓާ ވަރަށް ފުރިހަމައަށް ސޭވް ކުރި މަންޒަރެވެ.

އެރިކްސަން ޕެނަލްޓި ފޮނުވާލުމުގެ ކުރިން ކެޕްޓަން ރޮނާލްޑޯ ކީޕަރު ޑިއޭގޯ ކޮސްޓާއާއި ވާހަކަ ދައްކަނޯ

އެރިކްސަންގެ ޕެނަލްޓީ ޑިއޭގޯ ކޮސްޓަ ސޭވްކުރަނީ

މެޗަށް ފަހު ޕޯޗުގަލްގެ ކޯޗް މާޓިނެޒް ބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެންމެ ދެރަ ކުޅުން ފެނުނު މެޗަކީ މިއީ ކަމަށާއި މެޗުގައި ކުރަންޖެހޭ ކަންތައްތައް ނުކުރެވުމުގެ ސަބަބުން ޑެންމާކުގެ ޕްރެޝަރުތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ފަސް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ބޭނުންވާ ވަރުގެ ޕާފޯމެންސެއް ނުދެއްކުނު ކަމަށްވެސް ބުންޏެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ބުނީ މި ނަތީޖާއަކީ ދެވަނަ ލެގުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ ފިލާވަޅެއް ކަމަށެވެ. އޭނާ ބުނީ، ޓީމަކީ ތަޖުރިބާކާރު އަދި ޒުވާން ޓީމެއް ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އަދި ދެން އޮތް މެޗުގައި ތަފާތުކޮށް ކުރަންޖެހޭ ކަންތައްތަކުގެ ފިލާވަޅެއް ލިބިފައިވާ ކަމަށެވެ.

.ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގު ކުޅޭނީ އާދީއްތަ ދުވަހުއެވެ. މި މެޗުގައި ޕޯޗުގަލްގެ ޓީމަށް ޑެންމާކާ ދެކޮޅަށް ކާމިޔާބު ހޯދައި، ސެމީ ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތް ކަމަށް ކޯޗު މާޓިނެޒް ފާހަގަކޮށްފައިވެއެވެ.

މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕޯޗުގަލްގެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްފައެވެ.

ޕޯޗުގަލަށް ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ކާމިޔާބު ހޯދައި، ސެމީ ފައިނަލަށް ދެވޭނީ މަދުވެގެން ދެ ގޯލުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗު ކުޅޭނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.

ޔޫއެފާ ނޭޝަންސް ލީގުޕޯޗުގަލްޑެންމާކް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

19 ދުވަސް ކުރިން - 02:41

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

23 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

23 ދުވަސް ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

23 ދުވަސް ކުރިން - 23:26

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

32 ދުވަސް ކުރިން - 00:02