ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފަރާތުން ރޭ އެރަށު ރައްޔިތުންނަށް ތަރާވީޙެއް ބާއްވައިފިއެވެ.
މިހިނގާ 1446 ވަނަ އަހަރުގެ ރަމަޟާން މަހު މިއީ އެ ސިޓީ 4 ބަޔަކަށް ބަހާލައިގެން ބާއްވަމުން އަންނަ ނެއިބަރހުޑް ތަރާވީސް ޕްރޮގުރާމު ގެ ތެރެއިން ބޭއްވި ޙަރަކާތެއް ކަމަށާއި، ރޭގެ ޕްރޮގްރާމް އޮތީ އުތުރު އަވަށުގައި ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއްވިއެވެ.

ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފަރާތުން ރޭ ބޭއްވި ތަރާވީޙުގެ ތެރެއިން / ފޮޓޯ: ޚުލާޞާ
މިއީ މިގޮތުން މިރަމަޟާން މަހު ބޭއްވި ދެވަނަ ތަރާވީހެވެ. މިތަރާވީހުގައި އުތުރު އަވަށު ރައްޔިތުންކުރެ ގިނަ ޢާއިލާތަކުން ބައިވެރިވެފައި ވާކަން ފާހަގަ ކުރެވުނެވެ.
މި ފަދަ ޚަރަކާތައްތަކުގެ ސަބަބުން ފުލުހުންނާއި ރައްޔިތުން ގެ މެދުގައި އޮންނަންޖެހޭ ގާތްކަން އިތުރުވެ، ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތަށް ރައްޔިތުންގެ އެހީތެރިކަން ލިބޭކަން ފުލުހުން ފާހަގަ ކުރައްވައެވެ.









