Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ އަމާޒަކީ މިއަދު ރާއްޖެ ބަލިކުރުން: ރާހުލް ބޭކޭ

އިންޑިއާގެ އަމާޒަކީ މިއަދު ރާއްޖެ ބަލިކުރުން: ރާހުލް ބޭކޭ

އާނާ ފަހީމް
540 ދުވަސް ކުރިން - 18 މާޗް 2025 12:46
ރާހުލް ބޭކޭ/ ފޮޓޯ: ސްޕޯޓްސްކީޑާ
ރާހުލް ބޭކޭ/ ފޮޓޯ: ސްޕޯޓްސްކީޑާ
ޚުލާސާ

މިއަދު އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާއި މިމަހު 25ގަ ބަންގްލަދޭޝައި ދެކޮޅަށް ކުޅޭ މެޗުން މޮޅުނުވެއްޖެނަމަ ލަދުގަންނަން ޖެހޭނެ ކަމަށް ފުޓްބޯޅަކުޅުންތެރިޔާ ރާހުލް ބުނެފި.

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އަތުން މޮޅުވާން ޖެހޭ ކަމަށާއި، މި ދެ މެޗުގައި އެކަން ނުކުރެވިއްޖެނަމަ ލަދުގަންނަން ޖެހޭނެ ކަމަށް އިންޑިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރާހުލް ބޭކޭ ބުނެފިއެވެ.

މިއަދު އިރުއޮއްސޭއިރު އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް ނުކުންނާނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރާނީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައެވެ.

މި ދެ މެޗު ކުޅެން މި ވަގުތު އިންޑިއާގެ އިރު އުތުރުގައިވާ ޝިލޮންގް ސިޓީއަށް ގޮސް ހުރި ރާހުލް ބުނެފައިވަނީ ރާއްޖެ އާއި ބަންގްލަދޭޝް އަކީވެސް ވަރަށް އެއްގޮތް ދެ ޓީމު ކަމަށެވެ.

Advertisement

Advertisement 1

"މިއީ ވަރަށް އެއްގޮތަކަށް ކުޅޭ ދެ ޓީމު. މި ދެ ގައުމަކީ ވެސް އޭޝިއަން ކަޕަށް ކޮލިފައިވާން މަސައްކަތްކުރާ ވަރަށް ވަރުގަދަ ދެ ޓީމު. އަހަރުމެން މި ދެ މެޗުގައި އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ." ރާހުލް ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އަމިއްލަ ގައުމުގައި މި ދެ މެޗު ކުޅުމަކީ ވެސް މެޗު ކާމިޔާބު ކުރަންޖެހޭ ސަބަބެއް ކަމަށެވެ. އަދި ކޮލިފައިން މެޗުގެ ކުރިން ރާއްޖެ މެޗު ކުޅެން ޖެހުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ސަބަބަކީ ރާއްޖެ އަކީ ބަންގްލަދޭޝްގެ ކުޅުމާ ވަރަށް އެއްގޮތްކޮށް ކުޅޭ ޓީމެއް. އެހެންވީމާ މި މެޗު ލިބުން އެއީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް." ރާހުލް ބުންޏެވެ.

ރާހުލް އިތުރަށް ބުނެފައިވަނީ އިންޑިއާ ޓީމު ފެނިގެންދާނީ ވަކި މީހަކަށް ބަރޯސާނުވެ، ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި އިންޑިއާގެ ކުރީގެ ކެޕްޓަން ސުނިލް ޗެތުރީ ރިޓަޔާމަންޓް އުވާލައި، އަލުން ގައުމީ ޓީމަށް ކުޅެން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވެސް ރާހުލް ވަނީ ބުނެފައެވެ.

އިންޑިއާގައުމީ ފުޓްބޯޅަ ޓީމުބަންގްލަދޭޝް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

2 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

18 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

40 ދުވަސް ކުރިން - 13:43