Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަހު 15ގެ ޢުމްރާވެރިން މާދަމާ މަދީނާއަށް: ދެ ރޭ ހޭދަކޮށް އެނބުރި އައިސް ދެވަނަ ޢުމްރާ ކުރާނެ

ފަހު 15ގެ ޢުމްރާވެރިން މާދަމާ މަދީނާއަށް: ދެ ރޭ ހޭދަކޮށް އެނބުރި އައިސް ދެވަނަ ޢުމްރާ ކުރާނެ

އާނާ ފަހީމް
558 ދުވަސް ކުރިން - 18 މާޗް 2025 11:05
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގަ މުޅި ރަމަޟާން ޢުމްރާވެރިން މަދީނާ ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގަ މުޅި ރަމަޟާން ޢުމްރާވެރިން މަދީނާ ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ޚުލާސާ

ރަމަޟާން މަހުގެ ފަހު15 ދުވަހުގެ ޢުމްރާވެރިން މާދަމާ މަދީނާއަށް ދަތުރުކޮށް، ދެ ރޭ ހޭދަކުރުމަށްފަހު އެނބުރި މައްކާއަށް އައިސް ދެވަނަ ޢުމްރާ ކުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފި.

ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ ޢުމްރާވެރިން މާދަމާ މަދީނާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފިއެވެ. މި ދަތުރުގައި ޢުމްރާވެރިން މަދީނާގައި ދެ ރޭ ހޭދަކުރުމަށްފަހު އެނބުރި މައްކާއަށް އައިސް، އެމީހުންގެ ދެވަނަ ޢުމްރާ ކުރާނެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވި ގޮތުގައި މި ދަތުރުގައި މަދީނާގެ ތާރީޚީ އަދި އާސާރީ ތަންތަނަށް ޒިޔާރަތްކުރާނެއެވެ. މީގެ ތެރޭގައި ޤުބާ މިސްކިތް، އުހުދު އަދި ހަންދަގު ހަނގުރާމައިގެ މައިދާން ހިމެނެއެވެ. އަދި ރައުޛާއަށް ވަދެވޭތޯ ވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމްރާވެރިން މަދީނާއަށް ދަތުރުކުރާނީ ރޭލުގައެވެ. މިއީ 2 ގަޑިއިރުގެ ދަތުރެކެވެ. ކުރިން މި ދަތުރަކީ ބަހުގައި ކުރާ 5 ގަޑިއިރުގެ ދަތުރެކެވެ. ރޭލުގައި ދަތުރުކުރުމުން ދަތުރުގެ ތަކުލީފު ކުޑަވެ، ދަތުރު އަވަސްވާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement 1

މަދީނާގައި ދެ ރޭ ހޭދަކުރުމަށްފަހު، ޢުމްރާވެރިން އެނބުރި މައްކާއަށް އަންނާނީ 20 ވަނަ ދުވަހު ރޭގަނޑުއެވެ. އެ ރޭ، ފަހު 15ގެ ޢުމްރާވެރިން ދެވަނަ ޢުމްރާ ކުރާނެއެވެ.

ޢުމްރާވެރިން މަދީނާއަށް ދަތުރުކުރުމުގެ ކުރިން، ދީނީ މަޢުލޫމާތު ދިނުމާއި އިދާރީ މަޢުލޫމާތު އަދި ސިއްޙީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައި ކަމަށާއި، ފަހު 15ގެ ޢުމްރާގެ އަޅުކަމަށް 350އަށްވުރެ ގިނަ މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

87 ދުވަސް ކުރިން - 19:56

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

115 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

124 ދުވަސް ކުރިން - 21:40

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

130 ދުވަސް ކުރިން - 22:12

މިއަހަރުގެ ހައްޖުވެރިން ފުރާ ތާރީހާއި ފްލައިޓް ތަފްސީލް އާންމުކޮށްފި

ހައްޖުވެރިން ފުރާ ތާރީހާއި ފްލައިޓް ތަފްސީލް އާންމުކޮށްފި

136 ދުވަސް ކުރިން - 16:37

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

146 ދުވަސް ކުރިން - 15:01