އެންޓި-ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހދ. ކުޅުދުއްފުށީ މީހަކު ހޯދުމަށް ފުލުހުން އިޢުލާން ކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި ޗާންދަނީގޭ، މުޙައްމަދު ފާރިޙް (35 އަހަރު) އެވެ. ފާރިޙް ހޯދަނީ އެންޓި-ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރުކުރަން ބޭނުންވާތީއެވެ. ނަމަވެސް، އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި އިޢުލާނަކީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރެވިފައިވާ އިޢުލާނެކެވެ.
ފުލުހުން އެދިފައިވަނީ ފާރިޙް މާރިޗު 25 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށެވެ. އަދި އެތަނުގައި ސާޖަންޓް އާދަމް ޙަލީމްއާ ބައްދަލުކުރުމަށެވެ.









