Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހާލަންޑް ރެކޯޑެއް ހެދިޔަސް ޓީމަށް ލިބުނީ ޕޮއިންޓެއް

ހާލަންޑް ރެކޯޑެއް ހެދިޔަސް ޓީމަށް ލިބުނީ ޕޮއިންޓެއް

އުސްތާޛް މުޙައްމަދު ޢަލީ
542 ދުވަސް ކުރިން - 16 މާޗް 2025 11:29
ސިޓީގެ ހާލަންޑް: އޭނާ ވަނީ 94 މެޗުން 100 ހޯލު ޖެހުމުގައި ހިއްސާވެ އެލަންޝިއާރާގެ ރެކޯޑް މުގުރާލާފައި.
ސިޓީގެ ހާލަންޑް: އޭނާ ވަނީ 94 މެޗުން 100 ހޯލު ޖެހުމުގައި ހިއްސާވެ އެލަންޝިއާރާގެ ރެކޯޑް މުގުރާލާފައި.
ޚުލާސާ

ޕްރިމިއާ ލީގުގައި އެންމެ މަދު މެޗުން 100 ގޯލު ޖެހުމުގައި އެހީތެރިވުމުގެ ރެކޯޑު އޮތް އެލަންޝިއަރާގެ ރެކޯޑް ހާލަންޑްގެ މުގުރާލައިފި. ނަމަވެސް ބްރައިޓަން އަތުން ވީ އެއްވަރު.

މެންޗެސްޓަރ ސިޓީގެ ނޯވޭ ސްޓްރައިކަރު އާލިން ބްރައުޓް ހާލަންޑް އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ރެކޯޑެއް ޤާއިމްކުރި މެޗުގައި ސިޓީ އަށް ބްރައިޓަން އަތުން މޮޅެއް ނުވެވުނެވެ.

ކުރިން ވެސް ޚުލާސާއިން ލަފާކުރި ގޮތުގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ބްރައިޓަން އަށް ކާމިޔާބެއް ލިބޭނެ މެޗަކަށް އެ މެޗު ވާނެ އެވެ. މެޗު ވެގެންދިޔައީ 2-2 އިން އެއްވަރުވެ ބްރައިޓަން އަށް ލިބުނު ހިތްހަމަޖެހުމަކަށެވެ.

Advertisement

Advertisement 1

މެވުން ސިޓީއަށް ޕޮއިންޓެއް ލިބުނު ކަމުގައި ވިޔަސް ހާލަންޑް ވަނީ ޕްރިމިއަރ ލީގުގައި އެންމެ މަދު މެޗުން 100 ގޯލުގައި ހިއްސާވި ކުޅުންތެރިޔާގެ ރެކޯޑް އަތުލާފައެވެ.

ރޭ ސިޓީގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހާލަންޑް ވަނީ 94 ވަނަ މެޗުގައި 100 ގޯލުގައި ހިއްސާވެފައެވެ. ލީގުގައި ޖަހާފައިވަނީ 84 ގޯލެވެ. އަދި 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އިނގިރޭސި ލެޖެންޑަރީ ފޯވާޑް އެލަން ޝިއަރާގެ އަތުގައެވެ. ޝިއަރާ ވަނީ 100 މެޗުން 100 ގޯލުގައި ހިއްސާވެފައެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ހާލަންޑް ޕެނަލްޓީއަކުން ސިޓީއަށް ލީޑު ނަގައިދިނެވެ. ނަމަވެސް 10 މިނެޓު ފަހުން ބްރައިޓަންގެ ޕެލްވިސް އެސްޓޫޕީނިއަން ވަނީ މެޗު އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ މިސްރު ފޯވާޑް އޮމަރު މާމޫޝް ޖެހި ގޯލުން އަނެއްކާވެސް ސިޓީ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.

ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭގައި ބްރައިޓަން އަނެއްކާވެސް މެޗު އެއްވަރުކުރިއެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ސިޓީ މިހާރު އޮތީ ލީގުގެ ފަސްވަނައިގައެވެ. 29 މެޗުން 48 ޕޮއިންޓާ އެކުގައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 28 މެޗުން 49 ޕޮއިންޓް ލިބިފައިވެއެވެ.

މެންޗެސްޓަރ ސިޓީއިނގިރޭސި ޕްރިމިއަރ ލީގުޕްރިމިއާ ލީގްހާލަންޑްދުނިޔޭގެ ރެކޯޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

8 ގަޑިއިރު ކުރިން - 09:54

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް: ނަން ޖަހާލުމުން ފެންނަނީ ތަފާތު ސަޅި މަންޒަރެއް!

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް!

60 ދުވަސް ކުރިން - 22:26

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04

ހާލަންޑްގެ ދެ ލަނޑާއެކު އިރާގު ބަލިކޮށް ނޯވޭއިން ފުރިހަމަ މޮޅެއް ހޯދައިފި

ހާލަންޑްގެ ދެ ލަނޑާއެކު އިރާގު ބަލިކޮށް ނޯވޭއިން ފުރިހަމަ މޮޅެއް ހޯދައިފި

84 ދުވަސް ކުރިން - 06:36