މޯލްޑިވިއަނުން ހަނިމާދޫ އިން ބެންގަލޫރަށް ދަތުރުތައް ފަށަނީ

ހުސައިން އިސްމާއިލް | 217 ދުވަސް ކުރިން - 15 މާރިޗް 2025 18:28
މޯލްޑިވިއަންގެ ފުލައިޓެއް ދަތުރުކުރަނީ: އެކުންފުނިން ވަރަށް އަވަހަށް ހަނިމާދޫއާއި ބެންގަލޫރާއި ދެމެދު ދަތުރުތައް ފަށަނެ.
މޯލްޑިވިއަންގެ ފުލައިޓެއް ދަތުރުކުރަނީ: އެކުންފުނިން ވަރަށް އަވަހަށް ހަނިމާދޫއާއި ބެންގަލޫރާއި ދެމެދު ދަތުރުތައް ފަށަނެ.
ޚުލާސާ

މެއި 15 އިން ފެށިގެން ހަފްތާއަކު ދެ ފްލައިޓް ހަނިމާދޫން ބެންގަލޫރަށް ދަތުރުކުރާނެ. އެއީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހު.

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެއި 15 އިން ފެށިގެންނެވެ.

މޯލްޑިވިއަންގެ މައި ކުންފުނި، އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އައު ރޫޓް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ އުތުރުގައި މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ. މީގެ އިތުރުން، މި ދަތުރުތަކުން އެ ސަރަޙައްދުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށާއި، އިންޑިއާއިން އަންނަ ފަތުރުވެރިންނަށް އުތުރުގެ ރިސޯޓުތަކަށް ފަސޭހައިން ވާޞިލުވެވޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އައު ރޫޓުގައި ހަފްތާއަކު ދެ ފްލައިޓް ހަނިމާދޫން ބެންގަލޫރަށް ދަތުރުކުރާނެއެވެ. އެއީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެވެ.

ހަނިމާދޫން މިހާރު ވެސް އިންޑިއާގެ ޓްރިވެންޑްރަމް އަށް ސީދާ ދަތުރުތައް ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%