Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިސްކިތު މަޝްރޫޢަކީ ރައީސްގެ އިރުޝާދެއް: މިނިސްޓަރ ޝަހީމް

މިސްކިތު މަޝްރޫޢަކީ ރައީސްގެ އިރުޝާދެއް: މިނިސްޓަރ ޝަހީމް

އަހްމަދު އީޒާން
488 ދުވަސް ކުރިން - 16 މާޗް 2025 10:49
އިސްލާމިކް މިނިސްޓަރު ޝަހީމް ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޝަހީމް ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އިސްލާމީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް.

މިސްކިތްތައް ބިނާކޮށް އެތަންތަނުގައި ޤުރުއާން ކްލާސްތައް ވެސް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށާއި، މިކަންތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މާލޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ސިޔާސަތުތައް ތަންފީޒުކުރައްވަމުން ގެންދަވަނީ ރައްޔިތުންނާާއި ބައްދަލުކުރައްވައި، ރައްޔިތުން އެދިލައްވާ ގޮތަށް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އިސްލާމީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

ރައީސް މި ކަންކަމަށް ދެއްވާ އަހަންމިއްޔަތު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި މި މަސައްކަތްތައް ރައީސް ވަރަށް ގާތުން ބައްލަވާތީ ޝަހީމް ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަހީމް ވިދާޅުވީ މި މިސްކިތްތަކުގެ މަސައްކަތް ނިމޭއިރު، މިސްކިތްތަކުގައި ގުރުއާން ކުލާސް ގާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަކަށް އިމާރާތް ކުރެވޭ އަދި ރާއްޖޭގެ މާހައުލާ ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދުކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އިހަށްދުވަހުގެރޭ ވަނީ 14 މަޝްރޫއުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ ދެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިމާރާތްކުރުމަށާއި އެއް ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އަދި 11 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

6 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

64 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

68 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

75 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

77 ދުވަސް ކުރިން - 18:00