Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރަމްޕް ޖެހޭނީ ހަމަބިމަށް ތިރިވާން - އީރާން

ޓްރަމްޕް ޖެހޭނީ ހަމަބިމަށް ތިރިވާން - އީރާން

ޖަވާދު
551 ދުވަސް ކުރިން - 12 މާޗް 2025 17:08
އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން: އޭނާ ވިދާޅުވީ އެމެރިކާ ހަމަބިމަށް އަންނަން ޖެހޭނެ ކަމަށް.
އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން: އޭނާ ވިދާޅުވީ އެމެރިކާ ހަމަބިމަށް އަންނަން ޖެހޭނެ ކަމަށް.
ޚުލާސާ

ޓްރަމްޕް ވިދާޅުވީ އީރާނަށް އޮތީ ނިއުކްލިއާ ޑީލެއް ހެދުން ނުވަތަ އަސްކަރީ ގޮތުން ކުރިމަތިލުން ކަމަށް. އީރާނުން ބުނީ ޓްރަމްޕް ހަމަބިމަށް ތިރިވުމަށާއި ކުރިމަތިލާން ފަހެއް ނުޖެހޭކަމަށް.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާއި އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައި ބުލީ ކޮށްފިއެވެ،

ރައީސް ޓްރަމްޕް ވަނީ އީރާނުގެ ކުރިއަރަމުން އަންނަ ނިއުކްލިއާ ޕްރޮގްރާމް އަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ސިޓީއެއް ފޮނުއްވިކަން އާންމުކޮށް އިއުތިރާފުވެވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ އަސްކަރީ ފިޔަވަޅަކަށް ވުރެ ޑިޕްލޮމެޓިކް ގަރާރަކަށް އިސްކަން ދެއްވާ ކަމަށެވެ.

ނަމަވެސް އީރާނުން ވަނީ އެމެރިކާއާއެކު މަޝްވަރާތައް ކުރުމަށް ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ. ސުޕްރީމް ލީޑަރު ޚާމަނާއީ ވަނީ ޓްރަމްޕާއެކު މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށާއި، ފުރަތަމަ ކަމަކަށް ޓްރަމްޕް “ހަމަބިމަށް ތިރިވާންޖެހޭ ކަމަށް” ވިދާޅުވެ ބުލީ ކުރައްވާފައެވެ.

Advertisement

Advertisement 1

ހަމައެފަދައިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް މިކަން ތަކުރާރު ކުރައްވައި، އީރާނުން އިންޒާރުތަކެއްގެ ދަށުން މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވެ، ޓްރަމްޕަށް އިންޒާރު ދެއްވިއެވެ.

ހުކުރު ދުވަހު ޓްރަމްޕް ހާމަކުރެއްވި ގޮތުގައި އީރާނުގެ ލީޑަރުންނަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އިލްތިމާސްކޮށް ސުލްހަވެރި މަޝްވަރާތަކަކީ އީރާނުގެ މަސްލަހަތަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އީރާނުން އެކަމަށް އަމަލު ނުކުރާނަމަ އަސްކަރީ ފިޔަވަޅު އެޅުމަކީ އަދިވެސް އޮޕްޝަނެއް ކަމަށް ޓްރަމްޕް ފާހަގަކުރައްވައި، ވިދާޅުވީ އީރާނަށް އޮތީ ދެ އޮޕްޝަނެކެވެ. އެއީ އަސްކަރީ ގޮތުން ކުރިމަތިލުން، ނުވަތަ ޑީލެއް ހެދުމެވެ.

މިކަމަށް ރައްދު ދެއްވައި އީރާނުން ބުނީ އެމެރިކާ އާއެކު ކުރިމަތިލުމަކަށް ދާން ފަހެއް ނުޖެހޭ ކަމަށެވެ.

އީރާންއެމެރިކާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

2 ދުވަސް ކުރިން - 22:06

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

4 ދުވަސް ކުރިން - 14:06

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

4 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

4 ދުވަސް ކުރިން - 08:37

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ދުވަސް ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

7 ދުވަސް ކުރިން - 19:37