ސަރުކާރުގެ ޚަރަދުގައި މިއަހަރު ހިލޭ ޙައްޖަށް ފޮނުވާ 50 މީހުން ހޮވައިފިއެވެ.
ހިލޭ ޙައްޖަށް މީހުން ފޮނުވުމުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ލިސްޓްކޮށްފައިވާ ޝަރުތު ހަމަވާ 302 މީހުންގެ ތެރެއިން މިމީހުން ހޮވާފައި ވަނީ ގުރުއަތުންނެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ގުރުއަތުލުން ކުރިޔަށް ގެންދިޔައީ އެންމެންނަށް ފެންނަ ގޮތަށެވެ. ގުރު ނެގީ އައިޑީކާޑު ނަންބަރުތައް ޖައްސަވައިގެންނެވެ.
އެއްވެސް ސަބަބަކާ ހުރެ، ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފައެެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރު ވެސް 50 މީހަކު ހައްޖަށް ފޮނުވައިފައިވެއެވެ.









