Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައްސާމުގެ ފަރާތުން ހެކިންގެ ގޮތުގައި ޑޮކް އާއި ޖަވާގެ ނަން ހުށަހަޅައިފި

ބައްސާމުގެ ފަރާތުން ހެކިންގެ ގޮތުގައި ޑޮކް އާއި ޖަވާގެ ނަން ހުށަހަޅައިފި

ހުސައިން އިސްމާއިލް
543 ދުވަސް ކުރިން - 11 މާޗް 2025 13:51
ފޮޓޯގައި ކަނާތުން ވާތަށް: އަލީ ޢުމަރު، ބައްސާމް، ޖަވާ އަދި ޝަކީބް.
ފޮޓޯގައި ކަނާތުން ވާތަށް: އަލީ ޢުމަރު، ބައްސާމް، ޖަވާ އަދި ޝަކީބް.
ޚުލާސާ

10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ފޮނުވި މައްސަލައިގައި ވިދާޅުވީ ބައްސާމަށް ލިބުނު ފައިސާއަކީ އޭނާގެ މުސާރަ ކަމަށް. ބައްސާމަށް މުސާރައިގެ ގޮތުގައި މަހަކު 3،000 ޑޮލަރު ލިބޭ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ދިފާއުގައި ހެކިބަސް ދިނުމަށް ނަން ހުށަހަޅައިފިއެވެ. 

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވައިފި ވެއެވެ.

އެ ދައުވާއަށް ކުރިން ބައްސާމްގެ ވަކީލު ވަނީ އިންކާރުކޮށްފަ އެވެ. މިއަދުގެ އަޑުއެހުމުގައި ބައްސާމްގެ ވަކީލު ވިދާޅުވީ އެފްއޭއެމްއަށް ލިބުނު އެއްވެސް ފައިސާއަކަށް ޚިޔާނާތްތެރިވެވަޑައިނުގަންނަވާ ކަމަށެވެ. ވަކީލު ވިދާޅުވީ ބައްސާމަށް ލިބުނު ފައިސާއަކީ އޭނާގެ މުސާރަ ކަމަށެވެ. ބައްސާމަށް މުސާރައިގެ ގޮތުގައި މަހަކު 3،000 ޑޮލަރު ލިބޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

Advertisement

Advertisement 1

މިއަދު ކޯޓުގައި ވަކީލު ވިދާޅުވީ އޭނާއަށް ލިބުނު ފައިސާއަކީ ފީފާއިން އޭނާއަށް ލިބުނު މުސާރަ ކަމަށެވެ. އެހެންކަމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ބައްސާމްގެ ވަކީލު ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާ އުފުލާފައި ވަނީ ފީފާގެ ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުމުންނެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ބައްސާމްގެ ދިފާއުގައި ފާހަގަކުރި ނުކުތާއަކީ ޝަރީއަތުގެ ކުރިން ހުށަހެޅި މައްސަލައެއްގެ ގޮތުގައި ނިންމަވާ ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ ހުށަހެޅުން ބަލައިނުގަންނާނެ ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހާއި ދެމެދު ފީފާއިން ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔެކިޔުންތައް ހުށަހަޅައިގެން 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ބައްސާމްގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ ބޭންކް ޗާޖު އުނިކުރުމަށް ފަހު ބައްސާމްގެ އެކައުންޓުގައި 9،999 ޑޮލަރު ބާކީ ވެގެންނެވެ. އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު ބައްސާމް އާއި އޭނާގެ އަންހެނުން އައިމިނަތު މައުރީން އެ ފައިސާ ގްލޭޝިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް ކުންފުނީގެ އެކި ބޭނުންތަކަށް ބޭނުންކުރި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން އެ ފައިސާއިން އޭނާ ކުއްޔަށް ހިފާފައިވާ ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާއި ގުޅުން ނެތް ކަންކަމަށް ވެސް ވަނީ ބޭނުންކޮށްފަ އެވެ.

އެ ދައުވާގައި ދައުލަތުން ވަނީ އެ 10،00 ޑޮލަރު ހޯދުމަށް ވެސް އެދިފަ އެވެ

އެ ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ބައްސާމް އަދީލް ޖަލީލްކްރިމިނަލް ކޯޓުއެފްއޭއެމްކޮރަޕްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

10 ދުވަސް ކުރިން - 23:02

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

11 ދުވަސް ކުރިން - 11:16

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

17 ދުވަސް ކުރިން - 15:17

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

26 ދުވަސް ކުރިން - 08:57

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

49 ދުވަސް ކުރިން - 19:54