މަރަޑޯނާގެ މަރު: 7 މީހަކާއި ދެކޮޅަށް ޝަރީޢަތް ފަށައިފި

އުސްތާޛް މުޙައްމަދު ޢަލީ | 221 ދުވަސް ކުރިން - 11 މާރިޗް 2025 11:43
ޑިއޭގޯ މަރަޑޯނާ: އޭނާގެ މަރުގެ ފަހަތުގައި ވަނީ މެޑިކަލް ޓީމުގެ އިހުމާލު ކަމަށް އާޖެންޓީނާގެ ދައުލަތުން ބުނޭ.
ޑިއޭގޯ މަރަޑޯނާ: އޭނާގެ މަރުގެ ފަހަތުގައި ވަނީ މެޑިކަލް ޓީމުގެ އިހުމާލު ކަމަށް އާޖެންޓީނާގެ ދައުލަތުން ބުނޭ.
ޚުލާސާ

މަރަޑޯނާ މަރާލިކަމަށް ދައުވާ ކުރަނީ 7 މީހުންނަށް. ކުށް ސާބިތުވެއްޖެނަމަ 8-25 އަހަރުގެ ޖަލު ހުކުމެއް މެޑިކަލް ޓީމުގެ އޮފިސަރުންނަށް އަންނާނެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބެލެހެއްޓުމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުގެ ޝަރީއަތް ރަސްމީކޮށް ފަށައިފި އެވެ. ފުރަތަމަ އަޑުއެހުން އޮތީ މި މާޗް މަހުގެ ފަސް ވަނަ ދުވަހު އާޖެންޓީނާގެ ބިއުއެނަސް އައިރެސްގަ އެވެ.

މަރަޑޯނާގެ ޕާސަނަލް ނިއުރޯސާޖަން ލިއޮޕޮލްޑޯ ލޫކޭ އާއި ނަފްސާނީ ޑޮކްޓަރު އަގުސްޓިނާ ކޮސާޗޯވް ހިމެނޭ ގޮތަށް ހަތް މެޑިކަލް އޮފިސަރުންގެ މައްޗަށް ދަޢުވާ ކުރަނީ، މަރަޑޯނާ މަރާލި ކަމުގެ ތުހުމަތުގައެވެ.

ދައުލަތުން ބުނާ ގޮތުގައި ދައުވާ ލިބޭ މެޑިކަލް ޓީމުގެ އަމަލުތަކުގެ ތެރޭގައި މަރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލުމާއި، އެކަށީގެންވާ މިންވަރަށް ބަލާފައި ނުވުމާއި ރަނގަޅަށް މޮނިޓަރ ކޮށްފައި ނެތުމުގެ ސަބަބުން ވަގުތު ނުޖެހި މަރަޑޯނާ މަރުވިއެވެ. އެކަމުގެ ޒިންމާ މެޑިކަލް ޓީމުގެ 7 މީހުން ވެސް ނަގަން ޖެހޭނެއެވެ.

އެތައް މަހެއް ވަންދެން ދެމިގެންދާނެ ކަމަށް ބެލެވޭ މި ޝަރީއަތުގައި 100 އަށް ވުރެ ގިނަ ހެކިން ބައިވެރިވާނެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ އަށް އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަރަޑޯނާ އަކީ އާޖެންޓީނާގެ ޤައުމީ ބަޠަލެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%